ދިވެހިރާއްޖެ
އިޢުލާން
ސްކޫލް ބޯޑަށް ކުރިމަތިލުމަށް ހުޅުވާލުން
2021 އޮގަސްޓް 22 ގައި ސްކޫލް ބޯޑްގެ ދައުރު ހަމަވެފައިވާތީ، ކުރިއަށް އޮތް 2 އަހަރަށް ސްކޫލްބޯޑް
އެކުލަވާލުމަށްޓަކައި، ސްކޫލްބޯޑްގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1- ބެލެނިވެރިންގެ 02 މެމްބަރުން
2- މުދައްރިސުންގެ ތެރެއިން 1 މެމްބަރު
މެމްބަރަކަށް ވުމުގެ ޝަރުޠުތައް:
(ހ) ބެލެނިވެރިންގެ ޝަރުޠުތައް:
1- ސްކޫލްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔެއްގެ ގޮތުގައި ސްކޫލްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ކަމުގައި ވުން.
2 ސްކޫލް ބޯޑްގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނެ ފަރާތެއް ކަމުގައިވުން.
3 ޖިނާޢީ ކުށެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން. ނުވަތަ އެފަދަ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެފަދަ ޙުކުމެއް
ކަނޑައެޅުނުނ އަދަބު މަޢާފުކުރެވުނުތާ 5 އަހަރު ވެފައިވާ މީހަކުކަމުގައި ވުން.
4- ދިވެހި ބަހުން ލިޔަން، ކިޔަން އެނގުން.
5- ސްކޫލްގެ މުވައްޒަފަކަށް ނުވުން.
6- ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން.
7- އެހެން ސްކޫލެއްގެ ބޯޑެއްގެ މެމްބަރަކު ކަމުގައި ނުވުން.
(ށ) ޓީޗަރުންގެ ޝަރުޠުތައް:
1- ޓީޗަރެއްކަމުގެ މަސްއޫލިއްޔަތު ސްކޫލްގައި އަދާކުރަމުންދާ މީހެއްކަމުގައިވުން.
2- ސްކޫލް ބޯޑްގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނެ ފަރާތެއް ކަމުގައިވުން.
ވީމާ، މިމަޤާމުތަކަށް ކުރިމަތިލެއްވުމަށްއެދޭ ފަރާތްތަކުން "ސްކޫލްބޯޑްގެ މަޤާމްތަކަށް ކުރިމަތިލެއްވުމަށް އެދޭ ފޯމް" ފުރިހަމަކޮށް 09 ނޮވެންބަރު 2021 އަންގާރަ ދުވަހުގެ
މެންދުރުފަހު 12:45ގެ ކުރިން ސްކޫލްއޮފީހަށް ހުށައެޅުމަށް ދަންނަވަމެވެ. މިފޯމް ލިބެންހުންނާނީ ސްކޫލުގެ އޮފީހުންނެވެ.
25 ރަބީޢުލްއައްވަލް 1443
31 އޮކްޓޫބަރު 2021