ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ މަސްޖިދުލް ފުރުޤާން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ތާރީޚް:

26 އޮކްޓޯބަރ 2021

ނަންބަރު:

(IUL)401-E/401/2021/358

20 ރަބީޢުލްއައްވަލް 1443

އިޢުލާންގެ ވަނަ:

02

ކުރީގެ މަސްޖިދުލް ފުރުޤާން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

 

މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ކުރީގެ މަސްޖިދުލް ފުރުޤާން (ކުރިގަމުއަވަށު މިސްކިތް) މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

  • މި މަސައްކަތް ކޮށްދިނުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 'ބީލަމުގައި ރަޖިސްޓްރީވާ ފޯމް' ފުރިހަމަ ކުރުމަށްފަހު މިކައުންސިލަށް ހުށަހަޅާ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ. ބިޑު ޑޮކިއުމެންޓް އަގަކީ -/150ރ އެވެ.
  • ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމާއި ބިޑު ޑޮކިއުމެންޓަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ  26 އޮކްޓޯބަރ 2021 (އަންގާރަ) ދުވަހުން ފެށިގެން އިން 10 ނޮވެމްބަރ 2021 (ބުދަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފޮނަދޫ ކައުންސިލްގެ އިދާރާއަށެވެ. (މި މުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށްފަހު ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތައްވެސް ބީލަމުގައި ރަޖިސްޓްރީކޮށްދެވޭނެއެވެ.) 

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން

  • މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ.
  • އިތުރަށް މަޢުލޫމާތު projects@fonadhoo.gov.mv  އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 14 ނޮވެމްބަރ 2021 (އާދީއްތަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާނު ނަންބަރާއި ކޮންކަމަކަށް ހުށަހަޅާ ބީލަމެއްކަން ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ،
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރ 2021 (އާދީއްތަ) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަންހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

 

26 އޮކްޓޫބަރު 2021
ހޯދާ