މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ

 (IUL)10-C/10/2021/197 :ނަންބަރު

 

 

އިޢުލާނު

 

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-329959

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް. 1 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ރީއިންޓަރގްރޭޝަން ސެންޓަރ / ސައިކޯ ސޯޝިއަލް ސަޕޯޓު ސެކްޝަން / ކ.ހިންމަފުށި

މުސާރަ:

މަހަކު 8,835.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ޓެކްނިކަލް ކޯ އެލަވަންސް: ކައުންސެލިންގ، ސައިކޮލޮޖީ، ސޯޝަލް ވޯކް، ސޯޝިއޮލޮޖީ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  2. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސައިކޯ ސޯސިއަލް ސަޕޯރޓު ސެކްޝަންގެ މަސައްކަތްތައް ޑިވިޝަންގެ އިސް ވެރިޔާގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން.
  2. ސެކްޝަންތަކުގެ މުވައްޒަފުންގެ މަސައްކަތްތައް ދުވަހުންދުވަހަށް ބަލާޗެކްކޮށް އިސްލާޙްކުރަންޖެހޭ ކަންކަން އިސްލާޙްކުރުމާއި، މަސައްކަތަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް ގެނެއުމާއި، ބަދަލުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވައި މުވައްޒަފުންނަށް ބޭނުންވާ އިރުޝާދު ދިނުން.
  3. ސެކްޝަންގެ މަސައްކަތްތަކަށް އެސް. އޯ. ޕީސް ތައްޔާރު ކުރުމާއި މުރާޖާ ކުރުން.
  4. ސެންޓަރުގެ ބައިވެރިންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގުރާމްތައް ފަރުމާކޮށް މެނޭޖްކޮށް އަދި ރިވިއު ކުރުން.
  5. ޕްރޮގުރާމްގެ ބައިވެރިންނަށް ބޭނުންވާ ރީއިންޓަރގްރޭޝަން ޕްރޮގުރާމްތައް ފަރުމާކުރުން.
  6. ޕްރޮގުރާމްގައި ބައިވެރިވާ ކުދިންގެ ހާލަތު މޮނީޓަރ ކުރުމާއެކު ހަދާ ޕްރޮގުރަސް ރިޕޯޓުތައް ދިރާސާ ކުރުން.
  7. ޕްރޮގުރާމްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ކޭސް ޓްރެކް އަދި ސްޓެޓިސްޓިކް އަޕްޑޭޓުކޮށް ބަލަހައްޓާތޯ ކަށަވަރު ކުރުން.
  8. ބައްދަލުވުންތަކުގައި ސެކްޝަން ތަމްޞީލު ކުރުން.
  9. ސެކްޝަންގެ މުވައްޒަފުން އެޕްރެއިޒް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ކައުންސެލިންގ / ސައިކޮލޮޖީ / ސޯޝަލް ވޯކް / ސޯޝިއޮލޮޖީ ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސޯޝަލް ސަރވިސަސް ދާއިރާއެއްގައި މަދުވެގެން  4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ކައުންސެލިންގ / ސައިކޮލޮޖީ / ސޯޝަލް ވޯކް / ސޯޝިއޮލޮޖީ ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ސޯޝަލް ސަރވިސަސް ދާއިރާއެއްގައި މަދުވެގެން  2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ކައުންސެލިންގ
  2.  ސައިކޮލޮޖީ
  3.  ސޯޝަލް ވޯކް
  4.  ސޯޝިއޮލޮޖީ

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

ކޯ ޑިސިޕްލިންތައް:

  1. ކައުންސެލިންގ
  2.  ސައިކޮލޮޖީ
  3.  ސޯޝަލް ވޯކް
  4.  ސޯޝިއޮލޮޖީ
  5. ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. ސޯޝަލް ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްhr@homeaffairs.gov.mv  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ، 2021 ނޮވެންބަރު 14 އާއި 25 އާ ދެމެދު، މިނިސްޓްރި އޮފް ހޯމްއެފެއާޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031546 ނުވަތަ 3031543 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

25 ރަބީޢުލްއައްވަލް 1443                                

31 އޮކްޓޫބަރު 2021
ހޯދާ