ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އައްޑޫސިޓީގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް އިމްޕްލެމެންޓޭޝަން ޔުނިޓްގެ އޮފީސް ހިންގުމަށް 1 (އެކެއް) އަހަރު ދުވަހަށް 1500 އަކަ ފޫޓަށް ވުރެން ކުޑަ ނުވާ އިމާރާތެއް ސ.ހިތަދޫ އިން ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)471-CDS3/1/2021/179 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށާހަޅާފައިވާ ފަރާތްތަކުން ކޮންމެހެން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާތީވެ، އެ އިއުލާން ބާތީލްކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 08 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މަޢުލޫމާތު ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 07 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 14:00 ގެ ކުރިން bid.secretariats@planning.gov.mv އަށް އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 14 ނޮވެމްބަރ 2021 ވާ އާދީއްތަދުވަހުގެ މެންދުރު 12:00ގެ ކުރިން bid.secretariats@planning.gov.mv އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
ބިޑްހުޅުވުމަށްހަމަޖެހިފައިވަނީ 15 ނޮވެމްބަރ 2021 ހޯމަ ދުވަހުގެހެނދުނު 11:00ގައި ސ.ހިތަދޫ ޕަބްލިކް ވާރކްސް ސަރވިސް ސައިޓް އޮފީހުގައެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް ޢަމަލު ކުރުމަށް ދަންނަވަމެވެ.
24 ރަބީޢޫލްއައްވަލް 1443 ހ.
31 އޮކްޓޯބަރ 2021 މ.