މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
މާކުރަތު ސްކޫލްގެ ސްޓާރފުރޫމް ތަރައްޤީ ކުރުމާއިގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު   (1)

މާކުރަތު ސްކޫލްގެ ސްޓަރފުރޫމު ތަރައްޤީ ކުރުމާއި ގުޅޭ.

1  މި ސްކޫލުގެ ސްޓަރފުރޫމުގައި، ސްޓަރފުން ތިބުމަށް ސްޓޭޝަން ޤާއިމުކުރަން ބޭނުންވާތީވެ، މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2  މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ނޮވެމްބަރ 01 ން 2021 ނޮވެމްބަރ 04 ށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 އިން 13:00 އަށް މާކުރަތު ސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ނޮވެމްބަރ 04 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4  މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021  ނޮވެމްބަރ 08 ވާ ހޯމަ  ދުވަހުގެ 13:00ގައި މާކުރަތު ސްކޫލުގައެވެ.

5  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ނޮވެމްބަރ 18 ވަނަ ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.

6  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާކުރަތު ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ފޯން:  6580333

އީ-މެއިލް: admin@maakurathuschool.edu.mv     

01 ނޮވެންބަރު 2021
ހޯދާ