ދިވެހިރާއްޖެ
ގއ.ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތާއި ވަށާފާރުތަކުގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
މި ކޯޓުގެ ޢިމާރާތާއި ވަށާފާރުތަކުގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 16 އޮކްޓޯބަރ 2021 ވަނަ ދުވަހު ކުރެވުނު މި ކޯޓުގެ ނަންބަރު 06/2021/(IUL)P1C އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތު ޝީޓް ފުރިހަމަ ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހު 13:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ނޮވެމްބަރ 2021 ވާ ބުދަ ދުވަހު 13:30 އަށް މި ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.