ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL303-AS/2021/67
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް: ޓެކްނީޝަން
މަޤާމުގެ އަދަދު: 1
މަސައްކަތް ކުރާތަން: އުނގޫފާރު ފެނުގެ ނިޒާމް / އުނގޫފާރު ކައުންސިލް އިދާރާ
މުސާރަ: 3300.00 ( ތިންހާސް ތިންސަތޭކަ ރުފިޔާ )
ސާރވިސް އެލަވަންސް: މުސާރައިގެ %30
ހާޒިރީ އެލަވަންސް: މުސާރައިގެ %20
މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
1- ގުޅުންހުރި ދާއިރާއަކުން ލެވަލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފަވުން ނުވަތަ
2- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
3- ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން
4- ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން
މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
ވަޒީފާގެ މަސްޢޫލިއްޔަތު:
- ފެން ޕްލާންޓްގެ ޕްލާންޓްތައް އޮޕަރޭޓްކޮށް ބެލެހެއްޓުން
- ޕްލާންޓްތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށްކުރަންޖެހޭ އެންމެހާ ކަންކަން ކައުންސިލްގެ ލަފާގެމަތިން ކުރުން.
- ޕްލާންޓްގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން
- ޕްލާންޓްގެ ރީޑިންގ ނެގުމާއި ބިލް ތައްޔާރުކޮށް ބިލް ބެހުން
- ފެން ޕްލާންޓްގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ކަނެކްޝަންތައް ގުޅުމާއި، ކަނެކްޝަންތައް ގުޅުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން
- ފެން ޕްލާންޓް ހިންގާ އިމާރާތުގެ ގޯތި ތެރެ ސާފުކޮށް ބެލެހެއްޓުން
ހުށަހަޅަންޖެހޭ ތަކެތި: 1- ވަޒީފާއަށް އެދި ހުށަހަޅާ ފުރިހަމަކޮށްފައިވާ ފޯމް (ވަޒީފާއަށް އެދޭ ފޯމް އުނގޫފާރު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ
4- އެހެން ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ ތައްގަޑުޖެހި ލިޔުން.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 17 ނޮވެމްބަރ 2021، ބުދަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.
މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 18 ނޮވެމްބަރ 2021 އާއި 25 ނޮވެމްބަރ 2021 އާއި ދެމެދު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ. ވަޒީފާއަށް މުވައްޒަފުން ނެގުމުގައި ތައުލީމީ ސެޓްފިކެޓްތަކުގެ އިތުރުން ދާއިރާއާއި ގުޅުންހުރި ތަޖްރިބާއަށާއި އިންޓަވިއު އަށް ބެލޭނެވާހަކަ ދަންނަވަމެވެ.
29 ރަބީޢުލްޢައްވަލް 1443
04 ނޮވެމްބަރ 2021