ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ޖެނެރަލް މެނޭޖަރ – ބިޒްނަސް ޑިވެލޮޕްމަންޓް |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
ކްލެސިފިކޭޝަން / ރޭންކް: |
ޖެނެރަލް މެނޭޖަރ / ގްރޭޑް 01 |
މުސާރަ: |
ތަޢުލީމާއި ތަޖްރިބާއަށް ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 09 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާއިން މަދުވެގެން 05 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 08 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއިއެކު ހިންގުމުގެ ދާއިރާއިން މަދުވެގެން 5-7 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ބިޒްނަސް ޑިވެލޮޕްމެންޓު ޑިވިޜަން، ހިންގުމުގެ ސިޔާސަޔަތުތައް އެކަށައަޅާ އެކަންކަން ތަންފީޒުކުރުން. - ކޯޕަރޭޝަންގެ ކުރިމަގު ބައްޓަންކުރުމުގެ ގޮތުން ޕްލޭންތައް ތައްޔާރުކުމާއިއެކު އެކަންކަން ޙާސިލުކުރުމަށްޓަކައި ކަމާއި ގުޅުންހުރި ޑިޕާޓްމެންޓުތަކާއި ގުޅިގެން މަސައްކަތްކުރުން. އަދި އެކަންކަން ޙާސިލުވި މިންވަރު ކަށަވަރުކޮށް މެނޭޖްމަންޓަށް ހުށަހެޅުން. - ކޯޕަރޭޝަންގެ ވިޔަފާރި ފުޅާކުރެވޭނެ ގޮތޮތައް ހޯދައި އެފަދަ ކަންކަން ތަންފީޒު ކުރެވޭނެ ގޮތުގެ އެންމެހާ ޕްލޭންތައް ހެދުމަށްފަހު މެނޭޖްމަންޓަށް ހުށަހެޅައި، އެކަންކަން ތަންފީޒްކުރުމަށްޓަކައި އެހެން ޑިޕާޓްމެންޓްތަކާއި އެކު މަސައްކަތްކުރުން. - ބިޒްނަސް ޑިވެލޮޕްމެންޓު ޑިވިޜަންގެ މެންޑޭޓްގައިވާ އެންމެހާ ކަންކަން ޙާސިލުކުރެވޭކަން ކަށަވަރުކުރުން. - ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމެންޓުގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން. - ރިސާޗް އެންޑް ޑިވެލޮޕްމެންޓު ޑިޕާޓްމެންޓުގައި ހިނގާ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން. - ކޯޕަރޭޝަންގެ ޕްރޮޑަކްޝަން ކެޕޭސިޓީ އިތުރުކުރުމާއި ޕްރޮޑަކްޝަން ޓާގެޓްތައް ޙާސިލުވާކަން ކަށަވަރުކުރުން. - ޕްރޮޑަކްޝަން މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ހޯދައި އެކަންކަން މެނޭޖްމެންޓާއި ޙިއްސާކުރުން. - ކޯޕަރޭޝަންގެ ސޭލްސް ޓާގެޓް ޙާސިލުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ވިލަރެސްކޮށް ސޭލްސް ޓާގެޓްތައް ޙާސިލުވާކަން ކަށަވަރުކުރުން. - ޕްރޮޑަކްޝަން މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ހޯދައި އެކަންކަން މެނޭޖްމެންޓާއި ޙިއްސާކުރުން. - ކޯޕަރޭޝަންގެ ހުރިހާ ޑިޕާޓްމެންޓެއްގެ މަސައްކަތުގެ ޕްރޮގްރެސް ގާތުން ބެލުމާއިއެކު، ކޯޕަރޭޝަންގެ އިމޭޖް އަދި މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމުގެ އެންމެހާ މަސައްކަތް ވިލަރެސްކުރުން. - މެނޭޖްމެންޓުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ރާވައި ހިންގުން. - ކޯޕަރޭޝަންގެ ކޯޕަރޭޓް އިމޭޖް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ރާވައި ހިންގުން. |
މަޤާމް: |
އެސިސްޓެންޓް މެނޭޖަރ - އިންވެންޓަރީ މެނޭޖްމެންޓް |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އެސިސްޓެންޓް މެނޭޖަރ / ގްރޭޑް 05 |
މުސާރަ: |
މަހަކު 9250.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/4150ރ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 08 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން. ނުވަތަ، - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 05 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 5-3 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ސްޓޭޝަނަރީ ސްޓޮކަށް ތަކެތި ހޯދުމާއި ދޫކުރުމާއި ދުވަހުން ދުވަހަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓޭކަން ކަށަވަރުކުރުން. - ސްޓޮކްތަކުގެ ފިޒިކަލް ކައުންޓެއް ކަނޑައެޅިފައިވާ ތާރީޚްތަކަށް ތައްޔާރުކުރުވުން. - ޓޫލްސް އަދި މެޝިނަރީޒް ސްޓޯރަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ދުވަހުން ދުވަހަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން. - ސްޓޮކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބަލަހައްޓާކަން ކަށަވަރުކުރުން. - ސްޓޮކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ ސުންގަޑިތަކަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. - ސްޓޮކް ބެލެހެއްޓުމުގައި ހެދިފައިވާ އެންމެހާ ޤަވައިދުތައް ތަންފީޒުކުރުން. |
މަޤާމް: |
އިންވެންޓަރީ މެނޭޖްމެންޓް އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ / ގްރޭޑް 01 |
މުސާރަ: |
މަހަކު 5500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2200ރ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ތިލަފުށީ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 04 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން. - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ސެންޓްރަލް ސްޓޯރ އަށް ތަކެތި ހޯދުމާއި، ދޫކުރުމާއި، ދުވަހުން ދުވަހަށް ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުން. - ސްޓޮކްބާކީ ރިޕޯޓްތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް ތައްޔާރު ކުރުން. - ސްޓޮކްތަކުގެ ފިޒިކަލް ކައުންޓެއް ކަނޑައެޅިފައިވާ ތާރީޚްތަކުގައި ހަދާ ރިޕޯޓް ތައްޔާރުކުރުން. - ސްޓޮކް ބެލެހެއްޓުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްކުރުން. |
މަޤާމް: |
ސެކްރެޓްރިއޭޓް އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
އޮފިސަރ / ގްރޭޑް01 |
މުސާރަ: |
މަހަކު 5500.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2200ރ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މާލެ ސައިޓް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 04 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން. - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ، ރޯޑްވާރދިނަސް އަދި އިންޝުއަރެންސާއި ބެހޭ އެންމެހާ ކަންތައްތައް ޤާނޫނާއި ޤަވައިދާއި އެއްގޮތްވާ ގޮތުގެމަތިން އަޕްޑޭޓްކޮށް ބެލެހެއްޓުން. - އެއްގަމު އަދި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރީތަކުގެ އަސްލު ރައްކާތެރިކަމާއެކު ބެލެހެއްޓުން. - އެކިއެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް އެފަރާތްތަކަށް ފޮނުވުން. - އަހަރީ ރިޕޯޓް ޑިޕާޓްމެންޓްތަކުގެ އެހީތެރިކަމާއިއެކު ތައްޔާރުކުރުން. - އެސެޓް ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. - ޑިޕާޓްމެންޓްގެ އެހެނިހެން އިދާރީ މަސައްކަތްކުރުން. - ކޯޕަރޭޝަންގެ ސައިޓް ތަކާއި ހެޑް އޮފީހުގެ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން. - ކޯޕަރޭޝަންގެ މުވައްޒަފުންނާއި ވަސީލަތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރާކަން ކަށަވަރުކުރުން. - ހެޑް އޮފީހަށް ބޭނުންވާ އެންމެހާ މަރާމާތްތައް ހިންގާ ބެލެހެއްޓުން. |
ސުންގަޑި: |
މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 14 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ މެއިލް (info@rdc.com.mv) އަށް ފޮނުވަންވާނެއެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމުތަކަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، ނޮވެމްބަރ މަހުގެ ތާރިޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
03 ރަބީޢުލްއާޚިރު 1443