މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގެ އުތުރު ފަރާތު 4 ނަންބަރު ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މާލޭގެ އުތުރު ފަރާތު 4 ނަންބަރު ފާލަން މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

ބީލަން ރެޖިސްޓަރ ކުރުން

18 ނޮވެމްބަރ 2021

14:00

ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު       އީ-މެއިލް އަށް މެއިލް ފޮނުއްވުންbids@malecity.gov.mv

މަޢުލޫމާތު ސާފުކުރުން

23 ނޮވެމްބަރ 2021

14:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

އަގު ހުށަހެޅުން

29 ނޮވެމްބަރ 2021

14:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

  • ބީލަމުގައި ރެޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީމެއިލް: bids@malecity.gov.mv އަށް ކަނޑައެޅިފައިވާ ގަޑީގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ. ބީލަމުގައި ރެޖިސްޓަރވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް މެއިލް ކުރެވޭނެއެވެ.
  • ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 18 ނޮވެމްބަރ 2021 ބުރާސްފަތި ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.
  • ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
  • މިއިއުލާނާއެކު ބީލަން ރަޖިސްޓްރޭޝަން ފޯމް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
  • އިތުރު މަޢުލޫމާތު: 

-   މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3025407   / އީމެއިލް: bids@malecity.gov.mv

05 ރަބީއުލް އާޚިރާ 1443

10 ނޮވެމްބަރ 2021

 

10 ނޮވެންބަރު 2021
ހޯދާ