މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ރިލިޖަސް ޕްރޮގްރާމް ކޯޑިނޭޓަރ

  (IUL)10-C/10/2021/219:ނަންބަރު

އިޢުލާނު

 

މަޤާމު:

ރިލިޖަސް ޕްރޮގްރާމް ކޯޑިނޭޓަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (01 އަހަރު ދުވަހުގެ މުއްދަތަށް (މަސައްކަތުގެ ފެންވަރަށް ބަލައި އިތުރު 1 އަހަރުގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.))

މަޤާމުގެ ރޭންކު:

-

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ / ކ. ހިންމަފުށި

މުސާރަ:

25،000.00 ރުފިޔާ

ސަރވިސް އެލަވަންސް:

-

އެހެނިހެން އެލަވަންސް:

  1. ރިސްކް އެލަވަންސް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ދެވޭނެއެވެ.
  2. މި މަގާމަށް ހޮވޭ ފަރާތް ވަޒީފާ އަދާ ކުރުމަށް ކ. ހިންމަފުއްޓަށް ގެންދިއުމާއި މާލެ ގެނައުމުގެ ދަތުރުފަތުރުގެ އިންތިޒާމް މި މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނެޝަނަލް ރި-އިންޓެގްރޭޝަން ސެންޓަރުގެ ބެލުމުގެދަށުގައި ތިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގުމަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކަކީ ކޮބައިކަން ދެނެގަނެ މިނިސްޓްރީގެ ލަފާގެމަތީން އެފަދަ ޕްރޮގްރާމްތައް ފަރުމާކޮށް ރާވައި ހިންގުން.
  2. ނެޝަނަލް ރި-އިންޓެގްރޭޝަން ސެންޓަރުގެ ފަރާތުން ޖަލުތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކޮށްފައިވާ އެހެން ތަންތަނުގައި ހިންގާ ޕްރޮގްރާމްތަކުގައި ހިމެނޭ ދީނީ ބައިތައް މިނިސްޓްރީގެ ލަފާގެމަތީން ފަރުމާކޮށް ރާވައި ހިންގުން.
  3. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކުރާ މޮނިޓަރކޮށް ކޮންޓޮރޯލްކުރުމުގެ އަމުރު ނެރެވޭ ފަރާތްތަކަށް ހިންގަންޖެހޭ ޕްރޮގްރާމް ތަކުގައި ހިމެނޭ ދީނީ ބައިތައް މިނިސްޓްރީގެ ލަފާގެމަތީން ފަރުމާކޮށް ރާވައި ހިންގުން.
  4. ނެޝަނަލް ރި-އިންޓެގްރޭޝަން ސެންޓަރުގެ ފަރާތުން ހިންގާ އެހެން ޕްރޮގްރާމްތަކުގައި ހިމެނެންވާ ދީނީ ބައިތައް ދެނެގަނެ މިނިސްޓްރީގެ ލަފާގެމަތީން އެފަދަ ޕްރޮގްރާމްތައް ފަރުމާކޮށް ރާވައި ހިންގުން.
  5. ނެޝަނަލް ރި އިންޓެގްރޭޝަން ސެންޓަރުން ހިންގާ ޕްރޮގްރާމްތަކުގައި ހިމެނޭ ދީނީ ބައިތަކަށް ގެންނަންޖެހޭ ބަދަލުތައް ޤަވާއިދުން މުރާޖަޢާކުރުމުގައި މިނިސްޓްރީއަށް އެހީތެރިވެދިނުން.
  6. މަތީގައި ބަޔާންކުރެވުނު ޕްރޮގްރާމުތައް ހިންގުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް މިނިސްޓްރީގެ ލަފާގެމަތީން ތައްޔާރުކުރުން.
  7. ނެޝަނަލް ރި އިންޓެގްރޭޝަން ސެންޓަރުން ހިންގާ ޕްރޮގްރާމްތަކުގައި ހިމެނޭ ދީނީ ބައިތަކަށް މުވައްޒަފުން އަހުލުވެރިކުރުން.
  8. ނެޝަނަލް ރި އިންޓެގްރޭޝަން ސެންޓަރުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. އިސްލާމީ ތަޢުލީމުގެ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައި ވުމާއެކު އިސްލާމީ ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ އަދި
  2. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާ ދީނީ ނަޞީޙަތް ދިނުމުގެ ހުއްދަ އޮތުން.
  3. ދިވެހިބަހާއި ޢަރަބި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

7. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާ ދީނީ ނަޞީޙަތް ދިނުމުގެ ހުއްދަ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތާ ގުޅުންހުރި ޤާނޫނުތަކަށް އަހުލުވެރިވުން.
  2. ހަވާލުކުރެވޭ މަސައްކަތްތައް ވީއެންމެ ފުރިހަމަކޮށް ކަނޑައެޅިފައިވާ ވަގުތަށް ނިންމުން.
  3. މަސައްކަތާއި ގުޅޭ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ޕްރޮފެޝަނަލްކަމާއެކު ކުރިމަތިލާ ހައްލުކުރުން.
  4. ސުޕަވައިޒުނުކޮށްވެސް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  5. ހަރުކަށިފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  6. ތަޢުލީމާއި ތަމްރީނު
  7. މަސައްކަތުގެ ތަޖުރިބާ %20
  8. އިމްތިޙާން އަދި ޕްރެޒެންޓޭޝަން %25
  9. އިންޓަރވިއު %40

މަސައްކަތު ގަޑި

ފްލެކްސިބަލްކޮށް، މިނިސްޓްރީން އެދިއްޖެ ހިނދެއްގައި މިނިސްޓްރީގެ ކަމާގުޅޭ މުވައްޒަފުންނާއެކު މަސައްކަތްކުރުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް career@homeaffairs.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ، 2021 ނޮވެންބަރު 21 އާއި 30 އާ ދެމެދު، މިނިސްޓްރި އޮފް ހޯމްއެފެއާޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031546، 3031543 ނުވަތަ 3031544 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

09 ރަބީޢުލްއާޚިރު 1443

14 ނޮވެންބަރު 2021
ހޯދާ