ދިވެހިރާއްޖެ
ސިނަމާލެ 1 ގެ ގޯތިތެރޭގައި ހުންނަ އިމާރާތުގެ ބައެއްގައި ޤުރުއާން ކުލާހެއް ހިންގުމަށްޓަކައި ކުއްޔަށް ދިނުމަށް ފަރާތެއް ހޯދުމަށް، ކުރެވުނު އިޢުލާން ނަންބަރު (IUL)425-A2/2021/265:އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން / ތަފްޞީލް |
ބީލަން ރެޖިސްޓަރ ކުރުން |
22 ނޮވެމްބަރ 2021 |
14:00 |
ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް އަށް މެއިލް ފޮނުއްވުންbids@malecity.gov.mv |
މަޢުލޫމާތު ސާފުކުރުން |
23 ނޮވެމްބަރ 2021 |
12:00 |
އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން |
އަގު ހުށަހެޅުން |
01 ޑިސެމްބަރ 2021 |
10:00 |
އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން |
- ބީލަމުގައި ރެޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: bids@malecity.gov.mv އަށް ކަނޑައެޅިފައިވާ ގަޑީގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ. ބީލަމުގައި ރެޖިސްޓަރވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް މެއިލް ކުރެވޭނެއެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 22 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.
- ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
- މިއިއުލާނާއެކު ބީލަން ރަޖިސްޓްރޭޝަން ފޯމް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ޖެހޭނެއެވެ.
- ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ) އަމީނީމަގު، ފޯން: 3025407 / އީމެއިލް: bids@malecity.gov.mv
11 ރަބީއުލް އާޚިރާ 1443
16 ނޮވެމްބަރ 2021