ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އޮފީސް އެސިސްޓެންޓް

                                     އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީގެއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

     

މަޤާމުގެ ނަން:

 އޮފީސް އެސިސްޓަންޓް

ރޭންކް:

 GS1/B

ސެކްޝަން/ޑިޕާޓްމަންޓް

 ކޯޕަރޭޓް ސަރވިސް ސެކްޝަން – އެޑްމިން އެންޑް އެޗް.އާރު ޔުނިޓް

ކްލެސިފިކޭޝަން

 އެސިސްޓަންޓް އޮފިސަރ

ބޭނުންވާ އަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އެކިފަރާތްތަކަށް ބަހަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
  • އިދާރީ މަސައްކަތްކުރާ ސެކްޝަންތައް ސާފުކުރުމުގެ މަސައްކަތްތައްކުރުން.
  • ޕެޓީ ކޭޝް އުސޫލުން ގަންނަންޖެހޭ ތަކެތި ގަތުމުގައި އެހީތެރިވެދިނުން.  
  • އެއް ފްލޯއިން އަނެއް ފްލޯ އަށް އުފުލަންޖެހޭ ތަކެތި އަރުވާ ބޭލުން.
  • އޮފީހަށް ލިބެންޖެހޭ ފައިސާއާއި ފައިސާގެ ޗެކްތައް ނެގުމާއި އަދި ޗެކްތައް ޖަމާކުރަން ދިއުން.
  • ޙަވާލުކުރާ އެންމެހާ ރަސްމީ މަސައްކަތްތައްކުރުން. 

އުޖޫރަ:

 މަހަކު -/3,550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

  • ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
  • ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2,500 ރުފިޔާ
  • ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 ރުފިޔާ  
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

ފޯމް ފޮނުވަންވީ ތާރީޚް:   24 ނޮވެންބަރު 2021 އިން 5 ޑިސެންބަރު 2021 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 5 ޑިސެންބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން admin@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް އެޓޭޗްމެންޓެއްގެ ގޮތުގައެވެ.)

 

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް

 

  • ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)

 

           

23 ނޮވެންބަރު 2021
ހޯދާ