ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ބަޖެޓް އެންޑް ޕްރޮކިއަރމަންޓް އޮފިސަރ

                                   އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީގެއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

     

މަޤާމުގެ ނަން:

 ބަޖެޓް އެންޑް ޕްރޮކިއަރމަންޓް އޮފިސަރ

ރޭންކް:

 GS3/B

ސެކްޝަން/ޑިޕާޓްމަންޓް

 ކޯޕަރޭޓް ސަރވިސް ސެކްޝަން - ބަޖެޓް އެންޑް ޕްރޮކިއަރމަންޓް ޔުނިޓް

ކްލެސިފިކޭޝަން

 އޮފިސަރ

ބޭނުންވާ އަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އެޑްވާންސް ސަބްސިޑިއަރީ އިމްތިހާނުން 2 މާއްދާއިގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތަށް އޮފީހުގެ ބަޖެޓާއި ފައިސާއާ ބެހޭ މަސައްކަތްތައްކުރުން.
  • އޮފީހުގެ ޚަރަދު ރިޕޯޓާއި، ތިޖޫރީ ރިޕޯޓާއި އާމްދަނީ ރިޕޯޓުތައް ފަދަ މާލީ ހިސާބުތައް ނިންމައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • އޮފީހުގެ އަހަރީ ބަޖެޓް ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކުރުން.
  • ޚަރަދުކުރުމަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތްކުރުން.
  • އޮފީހުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތާއި ބެހޭ ޤަވާއިދާއި އެއްގޮތަށް ޚަރަދުކޮށް ބެލެހެއްޓުމާއި އެކަމާ ބެހޭ އެންމެހާ ލިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  • އޮފީސް ހިންގުމަށް ބޭނުންވާ އެންމެހާތަކެތި ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފްނުވާގޮތުން ފަރުވާތެރިކަމާއިއެކު ހޯދުން.
  • ތަނަށް ހޯދާ އިންވެންޓްރީގެ ތަކެއްޗާއި ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  • އޮފީހަށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް ކުރަންޖެހޭ އިޢުލާންތަކާއި އެ އިޢުލާންތަކާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  • ތަނަށް ބޭނުންވާ ތަކެތި ހޯދުމާއި ސްޓޯރގައި ނެތްތަކެތި ހޯދުމަށް ޚާއްސަ ސަމާލުކަމެއް ދިނުން.
  • އޮފީހަށް ގަންނަން ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދަން ތަންތަނަށް ދިއުމާއި، ގަންނަންބޭނުންވާ ތަކެތީގެ ސާމްޕަލް ހޯދާ ކަމާބެހޭ މުވައްޒަފާއި ޙަވާލުކުރުން.
  • އޮފީހަށް ހޯދަންޖެހޭ މުދާނެގުމަށްޓަކައި އެކިތަންތަނަށް ދިއުމާއި، އެތަކެތި އޮފީހަށް ގެނެސް ކަމާބެހޭ މުވައްޒަފަކާ ހަވާލުކޮށް ސޮއިހޯދުން.
  • މުދަލާއި ޚިދުމަތް ހޯދުމަށްޓަކައި ސެކްޝަނުން ތައްޔާރުކުރާ ކްރެޑިޓަށް މުދާ ނުވަތަ ޚިދްމަތަށް އެދޭ ފޯމު ތައްޔާރުކުރުން.

އުޖޫރަ:

މަހަކު -/4,450 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

  • ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
  • ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/2،500 ރުފިޔާ
  • ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %45 ލިބޭނެ
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

ފޯމް ފޮނުވަންވީ ތާރީޚް:   24 ނޮވެންބަރު 2021 އިން 5 ޑިސެންބަރު 2021 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 5 ޑިސެންބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން admin@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް އެޓޭޗްމެންޓެއްގެ ގޮތުގައެވެ.)

  

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް

 

  • ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް  https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)

 

23 ނޮވެންބަރު 2021
ހޯދާ