ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: IUL)RDC/RDC/2021/159)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް ޕްލޭޓް ކޮމްޕެކްޓަރގަތުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން
މި ކޯޕަރޭޝަންގެ ބޭނުމަށް ޕްލޭޓް ކޮމްޕެކްޓަރއެއް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން IUL)RDC/RDC/2021/138) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީން އަލުން އިޢުލާންކުރަމެވެ.
އިތުރު ތަފްސީލް މި އިޢުލާން އާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ބިޑް ސަބްމިޝަން ފޯމް (ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.)
2- ހުށަހަޅާ ޕްރޮޑަކްޓްގެ ޓެކްނިކަލް ޕްރޮޕޯސަލް ހުށަހަޅަންވާނެއެވެ. އެންމެ އައިޓަމެއްގެ ޓެކްނިކަލް ޕްރޮޕޯސަލް (ޕްރޮޑަކްޓް އިންފޮމޭޝަން ޝީޓް) ނެތްކަމުގައިވީނަމަ ޕްރޮޕޯސަލް އިވެލުއޭޓް ނުކުރެވޭނެ އެވެ.
3- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު. (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).
- މައުލުމާތު ޝީޓުގައިވާ ފޯމް ތަކާއި ލިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. ލިޔެކިޔުންތައް ފުރިހަމަނުވާ އަދި ސްޕެސިފިކޭޝަން އާއި ދިމާނުވާ އައިޓަމް އަށް ހުށަހަޅާ ޕްރޮޕޯސަލް އިވެލުއޭޓް ނުކުރެވޭނެ އެވެ.
- މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް tender@rdc.com.mv އަށް 28 ނޮވެމްބަރ 2021 (އާދީއްތަ) ދުވަހުގެ 14:00 އާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލަމެވެ.
- ރަޖިސްޓަރ ކުރުމަށް އީމެއިލް ކުރަށްވާނީ ތިރީގައިވާ މައުލޫމާތު ޖެއްސެވުމަށްފަހުގައެވެ.
- އިއުލާން ނަންބަރ
- ނަން
- ކޮމްޕެނީ ނަން
- ނަންބަރ
- އީމެއިލް އެޑްރެސް (ހަމައެކަނި އެއް އީމެއިލް އެޑްރެސް)
ޕްރޮޕޯސަލް ހުށަހެޅޭނީ ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 01 ޑިސެމްބަރ 2021 (ބުދަ) ދުވަހުގެ 11:00 އަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : tender@rdc.com.mv