ދިވެހިރާއްޖެ
ނަންބަރު:(IUL)297-EP/297/2021/89
އިޢުލާން
ވިޔަފާރި ބޭނުމަށް ބިން ކުއްޔަށްދޫކުރުން .
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނ.ވެލިދޫ ކައުންސިލްގެ ބިންތަކުގެ ތެރެއިން ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ވިޔަފާރި އުޞޫލުން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، ބީލަމުގެ އުޞޫލުން ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 ޑިސެންބަރު 2021 ބުރާސްފަތި ދުވަހުގެ 13:15 އަށް މިއިދާރާއަށް ހާޒިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެގޮތް:
# |
މާރކްސްދެވޭ ކްރައިޓީރިއާ |
މާރކްސް |
1 |
ބިމުގެ ކުލީގެ ގޮތުގައި ހުށަހަޅާ އަގު |
30 |
2 |
ބިން ތަރައްޤީކުރުމުގެ ޕްލޭން |
30 |
3 |
ސީ އެސް އާރުގެ ދަށުން ވެލިދޫއަށް ކޮށްދޭނޭ ކަންތައްތައް |
40 |
ކުއްޔަށް ދޫކުރާ ބިމާބެހޭ މައުލޫމާތު
- ބިން އޮތްތަން: ދޭލިޔާ މަގުގެ އިރުމަތި ފަޅި، ސައިމާގެ ހުޅަނގުން، ފިނިވާގެ ދެކުނުން، މަދުބެއްދިގެ އުތުރުން އޮތް ބިން.
- ބިމުގެ ބޮޑުމިން: 4058 (އަކަފޫޓް)
- ބިމުގައި ކުރެވޭނެ ބޭނުން: ދިވެހިރާއްޖޭގެ ޤާނޫނާ ޤަވާޢިދުން ހުއްދަކުރާ ވިޔަފާރީގެ ބޭނުންތަކަށް.
- ބިން ކުއްޔަށް ދޫކުރާ މުއްދަތު: 25 އަހަރު
- ބިމު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑައަގު: ބިމުގެ އަކަފޫޓަކަށް މަދުވެގެން 80/= (އައްޑިހަ ލާރި) ގެ ރޭޓުން ޖެހޭ ޢަދަދެވެ.
ހުށަހަޅާ ބީލަމުގައި ހުންނަން ޖެހޭނެ ބައިތައް:
- ބިމުގެ ކުލީގެ ގޮތުގައި ކަނޑައަޅާ އަގު
- ބިމުގެ ބޭނުން ކުރާނެ ގޮތް
- ބިމުގައި އިމާރާތެއް ކުރާ ނަމަ އިމާރާތުގެ ލޭއައުޓް
- ސީ އެސް އާރުގެ ދަށުން ވެލިދޫއަށް ކޮށްދޭނެ ކަންކަން
- މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ފާއިތުވި 6 މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ.
ބިން ކުއްޔަށް ހިފާ ފަރާތުގައި ހުންނަން ޖެހޭ ޝަރުޠު:
1. ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނަންބަރު:18/2014 ގައި ބުނެފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ ޤާނޫނު ނަންބަރު:19/2014 ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ފޮރިން އިންވެސްޓްމަންޓު ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ބިދޭސީ ވިޔަފާރިއެއް ކަމަށްވުން.
2. ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ބިންގަނެ ވިއްކުމުގެ މުޢާމަލާތެއް ކުރުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތްހެދުމާއި ، ފްރޭމްގެ ކުށެއް ސާބިތުވެފައި ނުވުމާއި އެއްވެސް ހުކުމެއް ތަންފީޒު ކުރަމުންދާ ޤާނޫނީ ޝަޚްސަކަށް ނުވުން.
ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނީ ހުށަހަޅާފައިވާ އެއްމެ މަތީއަގަކީ ބެންޗްމާކް ކަމަށް ބަލައިގެންނެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
19 ރަބީޢުލްއާޚިރު 1443
24 ނޮވެންބަރު 2021