ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީ ގައި 22 މަގުބައްތި ހޯދާ ހަރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަމްބަރ. (IUL)315-ADMN/315/2021/93 (02 ނޮވެމްބަރ 2021 ) އިޢުލާނަށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށައަޅާފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
1 |
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނެ ތާރީޚާއި ގަޑި |
30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހު 13:00 |
2 |
އަންދާސީ ހިސާބުހުށަހެޅުމުގެ ބައްދަލުވުން އޮންނާނެ ތާރީޚާއިގަޑި |
07 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 |
އަންދާސީ ހިސާބު ހުށަހެޅޭނީ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ގަނެވެން ނެތް ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.