ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބޭނުންވާ 04 (ހަތަރެއް) ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮއްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 06 ޑިސެމްބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 09 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެކުރިން bid.secretariats@planning.gov.mv އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 12 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.