ދިވެހިރާއްޖެ
- އައްޑޫ ސިޓީ ހިތަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ޓާރފްއެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: (IUL)426-AA/426/2021/311އިޢުލާން ބާތިލުކޮށް މިފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
-
މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2021 ޑިސެންބަރު 05 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން 2021 ޑިސެންބަރު 09 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމަޔަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލް ކުރެވޭނެއެވެ.
-
ބީލަމުގައި ބައިވެރިވުމަށް -/300 ( ތިންސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް މިދެންނެވި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިދާރާގެ finance@adducity.gov.mv އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ދެއްވުން އެދެމެވެ.
- މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން 2021 ޑިސެންބަރު 12 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.
- ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021 ޑިސެންބަރު 05 ވާ އާދީއްތަ ދުވަހުން ފެށިގެން 2021 ޑިސެންބަރު 12 ވާ އާދީއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2021 ޑިސެންބަރު 14 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 2150.00ރ (ދެ ހާސް އެއްސަތޭކަ ފަންސާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަހެވެ.
- ބީލަންތައްބަލައިގަތުމާއި، އަދި ބީލަންހުޅުވުންއޮންނާނީ2021 ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އީމެއިލް: procurement@adducity.gov.mv
01 ޖުމާދުލް އޫލާ 1443