ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ށ.ފޭދޫ ކައުންސިލްގެ އިދާރާގެ ވަށާފާރު މަރާމާތުކުރުން.
މިއިދާރާއިން ކޮށްފައިވާ ނަމްބަރ:(IUL)274/INDIV/2021/76 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ ބީލަންހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުން |
ބީލަން ބަލައިގަތުމާއި،ހުޅުވުން |
ތަން |
07 ޑިސެމްބަރ 2021 ގަޑި:13:00 |
13 ޑިސެމްބަރ 2021 ގަޑި: 13:00 |
ށ.ފޭދޫ ކައުންސިލްގެ އިދާރާގެ މީޓީން ރޫމް |
ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ 10 ޑިސެމްބަރ 2021 ވަނަދުވަހުގެ 10:00ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.މިގޮތުން ހުށަހެޅޭ ސުވާލުތަކަށް ދެވޭ ޖަވާބު އެދުވަހެއްގެ 14:00ގެ ކުން ފޮނުވޭނެއެވެ.
ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ.ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި،އިޢުލާން/ޕްރޮޖެކްޓްގެ ނަމްބަރާއި،ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން އެނގެންއޮންނަންވާނެއެވެ.މިބީލަމާއިގުޅޭ މަޢުލޫމާތުކަރުދާހާއި ޖަވާބުތައް އަދި އަންދާސީހިސާބު ހުށަހަޅާފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.ހުށަހަޅާބީލަންތައް ވަޒަންކުރާނެ މިންގަނޑާއި،ބީލަމާއިއެކު ހުށަހަޅަންޖެހޭތަކެތީގެ ތަފްޞީލް ބީލަމާއިގުޅޭ މަޢުލޫމާތުކަރުދާހުގައި ހިމެނިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ފޭދޫ ކައުންސިލްގެ އިދާރާ |
ފޯނުނަމްބަރ. |
ވެބްސައިޓް |
އީމެއިލް |
6540045 |
www,feydhoo.gov.mv |
info@feydhoo.gov.mv |