ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރު ފ. ނިލަންދޫ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ސާފުކޮށްދޭނެ ފަރާތްތަކެއް ހޯދުން

ނަންބަރު: (IUL)374-C/374/2021/47

އިޢްލާނު

 2022 ވަނައަހަރު ނިލަންދޫ އިޖްތިމާޢީ ސަރަހައްދުތައް ވިނަނޮޅައި ކުނިކަހައި ސާފުކުރުމަށް ރައްޔިތު އަންހެނުންގެ ތެރެއިން 18 އަހަރުން މަތީގެ އަންހެނުން ބައިވެރިކޮށްގެން އެމަސައްކަތަށް 2022 ވަނައަހަރަށް ކަނޑައަޅާފައިވާ ފައިސާ، މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ހަމަހަމަ އުޞޫލުން ބަހާގޮތަށް މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ނިލަންދޫ އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ޝަޢުޤުވެރިވާ  ޢުމުރުން  18 އަހަރުން މަތީގެ އަންހެނުން މިއިދާރާއިން ދޫކުރާ "2022 ވަނައަހަރު ނިލަންދޫގެ އިޖްތިމާޢީ ސަރަހައްދު ސާފުކުރުމަށް އެދި ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، 2021 ޑިސެންބަރު 19 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން  މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަގު ކުނިކެހުމުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން ފެށިގެން މެންދުރުފަހު 13:00 އަށެވެ.  

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

    01 ޖުމާދަލްއޫލާ 1443

05 ޑިސެންބަރ 2021

05 ޑިސެންބަރު 2021
ހޯދާ