ދިވެހިރާއްޖެ
2022 ޖަނަވަރީ 01 ން 2022 ޑިސެމްބަރ 31 އަށް، ކޮންޓްރެކްޓް އުޞޫލުން މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
*މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2021 ޑިސެމްބަރު 13 އިން 16 އަށް ، ބަންދުނޫން ކޮންމެދުވަހަކު 8:00 އިން 13.00 އަށް މާޅެންދޫ ސްކޫލަށް ދުރުވެ ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
*މި މަސައްކަތާއި ބެހޭގޮތުންބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޑިސެމްބަރ 19 ވާ އާދިއްތަ ދުވަހުގެ 11.00 ގައި މި މަދަރުސާގައެވެ.
ބިޑް ހުޅުވުން އޮންނާނީ 2021 ޑިސެމްބަރު 22 ވާ ބުދަ ދުވަހުގެ 13.00 ގައި މި މަދަރުސާގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންދެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީ އާއެކު އެފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
* އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިވާ ނަމްބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މާޅެންދޫ ސްކޫލު
ފޯނުނަމްބަރ : 6560575
ނޯޓް: ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " 2022 ވަނަ އަހަރަށް މާޅެންދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓު " މިހެން ލިޔެވައި އޮންނަންވާނެެއެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ޖުމާދަލް އޫލާ 1443