ދިވެހިރާއްޖެ
މި މަރުކަޒުގެ ސެކިއުރިޓީ 01 ޖެނުއަރީ 2022 އިން 31 ޑިސެމްބަރ 2022 އަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 13 ޑިސެންބަރ 2021 ން 22 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެސްއަށް ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު، 22 ޑިސެމްބަރ 2021 ވާ ބުދަދުވަހުގެ 13:00 ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.
ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 00:11 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 26 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ
ފޯން: 7952914
އީ-މެއިލް: admin@dhaec.edu.mv