ދިވެހިރާއްޖެ
ވިލިމާލޭގައި ލޯކަލް މާރުކޭޓެއް ހެދުމަށް ބޭނުންވާތީ، ކައުންސިލުންދޭ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް 05 ޑިސެމްބަރ 2021 ގައި ކުރެވުނު ނަންބަރު: (IUL)425-A2/1/2021/306 އިޢުލާނާއި ގުޅިގެން 12 ޑިސެމްބަރ 2021 (އާދިއްތަ) ދުވަހުގެ 14:00 ގައި ބޭއްވުނު މައުލޫމާތުގެ އިތުރު ސެޝަނެއް 16/12/2021 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިހެންވުމާއިއެކު މި މަސައްކަތަށް ބިޑް ހުށަހެޅުމުގެ ތާރީޙް 23/12/2021 ވާ ބުރާސްފަތި ދުވަހަށް ވަނީ ފަސްކުރެވިފައެވެ. ނަމަވެސް މި ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށަހެޅުމުގައި ބައިވެރިވެވޭނީ 12 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގައި ބޭއްވުނު މަޢުލޫމާތު ސެޝަންގައި ބައިވެރިވި ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ދެވަނަ މަޢުލޫމާތު ސެޝަން |
16 ޑިސެމްބަރ 2021 |
14:00 |
ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ |
އަގު ހުށަހެޅުން |
23 ޑިސެމްބަރ 2021 |
10:00 |
ޕްރޮކިއުމަންޓް ސެކްޝަން/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ |
- އިތުރު މަޢުލޫމާތު:
- މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގ / 4 ވަނަ ފަންގިފިލާ) އަމީނީމަގު، ފޯން: 3323901 / އީމެއިލް: bids@malecity.gov.mv