ދިވެހިރާއްޖެ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: IUL)RDC/RDC/2021/171)
ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަން އަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމަށް ކޯޓޭޝަން/ޕްރޮޕޯސަލް ހޯދުމާ ގުޅޭ
މި ކޯޕަރޭޝަން އަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމަށް ބޭނުންވެގެން ކުރެވުނު އިޢުލާން IUL)RDC/RDC/2021/158) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީން އަލުން އިޢުލާންކުރަމެވެ.
ގަންނަން ބޭނުންވާ ތަކެތީގެ ތަފްސީލް މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި އިއުލާނާއި ގުޅިގެން ޕްރިޕޯސަލް ހުށަހެޅޭނީ ހަމައެކަނި ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކަށެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ސަބްމިޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.
2- ހުށަހަޅާ ޕްރޮޑަކްޓްގެ ޓެކްނިކަލް ޕްރޮޕޯސަލްތައް ހުށަހަޅަންވާނެއެވެ. އެންމެ އައިޓަމެއްގެ ޓެކްނިކަލް ޕްރޮޕޯސަލް (ޕްރޮޑަކްޓް އިންފޮމޭޝަން ޝީޓް) ނެތްކަމުގައިވީނަމަ ޕްރޮޕޯސަލް އިވެލުއޭޓް ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
3- ވެންޑަރ ރަޖިސްޓްރޭޝަން ފޯމް، (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ).
މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާންގައި އެޓޭޗް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 23 ޑިސެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 12:00 ޖެހުމާއި ހަމަޔަށް އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.
- އީމެއިލް: tender@rdc.com.mv
- މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު ހުރިހާ ފަރާތަކަށް ހުރިހާ ސުވާލެއްގެ ޖަވާބު އީމެއިލް ކުރެވޭނެއެވެ. ( ޖަވާބުތައް ބޭނުންފުޅުވާ އިތުރު ފަރާތްތަކުން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އީމެލް އަކުން އެންގެވުމުން ޖަވާބުތައް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.)
- މި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް tender@rdc.com.mv އަށް 20 ޑިސެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 14:00 އާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލަމެވެ.
- ރަޖިސްޓަރ ކުރުމަށް އީމެއިލް ކުރަށްވާނީ ތިރީގައިވާ މައުލޫމާތު ޖެއްސެވުމަށްފަހުގައެވެ.
- އިއުލާން ނަންބަރ
- ނަން
- ކޮމްޕެނީ ނަން
- ނަންބަރ
- އީމެއިލް އެޑްރެސް (ހަމައެކަނި އެއް އީމެއިލް އެޑްރެސް)
ޕްރޮޕޯސަލް ހުށަހެޅޭނީ ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ، ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 30 ޑިސެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީހަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3339060
މެއިލް : tender@rdc.com.mv