ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހދ. ކުމުންދޫއިން ގެއެއް ކުއްޔަށްހިފުމާބެހޭ
ހދ. ކުމުންދޫ ބަނދަރު މަރާމާތުކުރުމުގެ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ކުރަމުންދާ އެމްޓީސީސީގެ މުވައްޒަފުން ތިބުމަށްޓަކައި 03 ކޮޓަރި، 03 ފާޚާނާ (ފަރުނީޗަރ ނުލާ) ސިޓިންގރޫމް އަދި ބަދިގެ ހިމެނޭގޮތަށް، 01 އަހަރު ދުވަހުގެ މުއްދަތަށް ޕްރޮޖެކްޓްގެ މަސައްކަތްކުރާ ސަރަޙައްދާއި ކައިރިން ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަގުހުށައަޅާފޯމް މިކައުންސިލަށް ހުށައެޅުއްވުންއެދެމެވެ. ފޯމް ލިބެންހުންނާނީ ރަސްމީގަޑީގައި މިކައުންސިލުގެ ކައުންޓަރުންނެވެ. އަގުހުށައަޅާފޯމް ބަލައިގަތުން އޮންނާނީ 20 ޑިސެމްބަރ 2021 ވާ ހޯމަދުވަހުގެ 11:00 ގައި މިކައުންސިލްގެ މީޓިންރޫމްގައި އަގުހުށައަޅާ ފަރާތްތަކުގެ ހާސިރުގައެވެ.
ވީމާ، މިކަން އާއްމުކޮށްއެންގުމަށްޓަކައި އިޢުލާންކުރަމެވެ.
16 ޑިސެންބަރު 2021
ހޯދާ