ދިވެހިރާއްޖެ
ފުވައްމުލަކު ބަންޑާރަ ކިޅީގައި ކޮށްފައިވާ އިމާރާތާއި އިމާރާތް ހިމެނޭ ބިން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިބިމާއި އިމާރާތް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި ބީލަމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 19 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްޓަކައި -/2000 (ދެހާސް) ރުފިޔާ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަވަންޖެހޭނެއެވެ. ރެޖިސްޓްރޭޝަން ފީ ދެއްކެވުމަށް ފައިސާ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން 19 ޑިސެންބަރު 2021 އިން 28 ޑިސެންބަރު 2021 އަށް މި އިދާރާގެ އީމެއިލް އެޑްރެހަށް، ((land@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލް (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) އަދި ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ އީމެއިލްކޮށްދެއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 28 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، އީމެއިލުންނެވެ.
މިބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 30 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި އީމެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 30 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 02 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި ލޭންޑް މެނޭޖްމަންޓް ސެކްޝަންގެ މީޓިންގ ރޫމްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862872
އީމެއިލް: land@fuvahmulah.gov.mv