މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ފައިނޭންޝަލް އެނަލިސްޓް

 (IUL)10-C/10/2021/255:ނަންބަރު

އިޢުލާނު

 

މަޤާމު:

ފައިނޭންޝަލް އެނަލިސްޓް

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ 01 އަހަރު ދުވަހުގެ މުއްދަތަށް (މަސައްކަތުގެ ފެންވަރަށް ބަލައި އިތުރު 1 އަހަރުގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.)

މަޤާމުގެ ރޭންކު:

-

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒު / ޕޮލިސް ބޯޑު ސެކްރެޓޭރިއަޓް ސެކްޝަން/ ކ. މާލެ

މުސާރަ:

25000.00 ރުފިޔާ

ސަރވިސް އެލަވަންސް:

-

އެހެނިހެން އެލަވަންސް:

-

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މާލީ ކަންކަމާ ގުޅުންހުރި ޤަވާއިދުތަކާ އުސޫލުތަކާއި އަދި މާލީ ކަންތައްތަކާއި ގުޅިގެން ޕޮލިސް ބޯޑަށް ދޭންޖެހޭ ލަފާ ދިނުން.
  2. ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ފައިސާގެ މުޢާމަލާތްތަކަކީ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތަށް ހިންގާ މުޢާމަލާތްތަކެއްކަން ޔަގީން ކުރުމަށް، އެކަންކަން ބަލާނެ މިންގަނޑެއް އެކުލަވާލައި، ޤަވާއިދުން ބަލަމުން ގެންދިއުން.
  3. ދިވެހި ފުލުހުން، ވަސީލަތްތައް ބޭނުންކުރުމުގައި އެންމެ ޚަރަދުކުޑަ އެންމެ ނަތީޖާ ހެޔޮގޮތަކަށް މަސައްކަތް ބައްޓަންކުރުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމާއި ބޯޑަށް މިކަމާއިގުޅޭގޮތުން ފަންނީ ލަފާ ދިނުން.
  4. ދިވެހި ފުލުހުންގެ ޚިދުމަތުގެ މާލީކަންކަމާގުޅޭގޮތުން ޕޮލިސް ބޯޑުގެ ފަރާތުން މިނިސްޓަރަށް ދޭންވާ ލަފާ ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  5. ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަރނަލް ކޮންޓްރޯލްތަކަކީ އެއަށް އިތުބާރުކުރެވޭ ހަރުދަނާ އިންޓަރނަލް ކޮންޓްރޯލްތަކެއްތޯ ވަޒަންކުރުމާއި، އިދާރީ އިޖްރާޢަތްތައް މުރާޖާކުރުމަށް އެހީތެރިވުން.
  6. އިންޓަރނަލް އޮޑިޓް ކުރުމުގައި  ބޭނުންކުރާ އިޖްރާޢަތުތައް މުރާޖަޢާކޮށް، ގެންނަންޖެހޭ ބަދަލުތަކުގައި ލަފާދިނުން.
  7. ކުރެވޭ އޮޑިޓްތަކާއި ގުޅިގެން ފާހަގަ ކުރެވޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ޕޮލިސް ބޯޑުން ދޭންޖެހޭ ލަފާ ދިނުމުގައި ބޯޑަށް ފަންނީ އެހީތެރިކަން ދިނުން.
  8. މާލީ ކަންކަމާގުޅިގެން ހިންގަންޖެހޭ ރިސްކް-ބޭސްޑް އޮޑިޓްތަކެއް ވާނަމަ، އެކަންކަން ފާހަގަކޮށް، ލަފާދިނުން، އަދި ފާހަގަކުރެވޭ ކަންކަމާގުޅޭގޮތުން އަޅަމުންދާ ފިޔަވަޅުތައް މޮނިޓަރކޮށް ބޯޑަށް އަޕްޑޭޓްކުރުން.
  9. އެކައުންޓް ބުކްސް އަދި އެކައުންޓިން ސިސްޓަމް ތަކުގައި ހުރި މައްސަލަތައް ދެނެގަތުން.
  10. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފައިނޭންޝަލް ރިޕޯޓްތައް، އެކައުންޓިންގ ރިކޯޑު އަދި ސްޓޭޓްމަންޓްތައް ތައްޔާރުކުރެވިފައިވަނީ ޕްރޮސީޖަރަލް ސްޓޭންޑަރޑްއަށްތޯ ބެލުން.
  11. މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ބޯޑު ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން މަޢުލޫމާތު ދިނުން.
  12. ފުލުހުންގެ މަސައްކަތާއި ގުޅުންހުރި ކަންކަމާގުޅިގެން ޕޮލިސް ބޯޑުން ހަދަން ނިންމާ ޑެސްކް ރިވިއުތައް ހެދުމުގެ މަސައްކަތްކުރުން.
  13. މަސައްކަތާއި ގުޅޭ ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ކުރާ ސަރވޭ އަދި ދިރާސާ ރިޕޯޓްތައް ހޯދާ ފަސޭހައިން ރިފަރެންސް ހެދޭ ފަދަ ގޮތަކަށް ބެލެހެއްޓުން.
  14. ޕޮލިސް ބޯޑުން ތައްޔާރުކުރާ ދިރާސާ ތަކާއި ގުޅިގެން އެކި ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ މީޑިޔާ ޕްރޮގްރާމް، ބައްދަލުވުން އަދި މިނޫންވެސް ގޮތްގޮތަށް ބާއްވާ ފޯރަމްތަކުގައި ބައިވެރިވެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން މަޢުލޫމާތު ހިއްސާ ކުރުން.
  15. މާލީ ކަންކަމާގުޅޭގޮތުން ތައްޔާރުކުރެވޭ ރިޕޯޓްތައް ޑްރާފްޓްކުރުން.
  16. ޕޮލިސް ބޯޑުގެ ފަރާތުން ކުރުމަށް ކަނޑައަޅާ ސަރވޭތަކުގެ ސުވާލުކަރުދާސްތައް ތައްޔާރުކުރުމުގެ މަސައްކަތުގައި  އެހީތެރިވުން.
  17. އާންމުން ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. އެކައުންޓިންގ / ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެކައުންޓިންގ / ފައިނޭންސްގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެކައުންޓިންގ / ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެކައުންޓިންގ / ފައިނޭންސްގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި،
  3. އޭ.ސީ.ސީ.އޭ އަދި ސީ.ޕީ.އޭ ފަދަ ދާއިރާއާއި ގުޅޭ ޕްރޮފެޝަނަލް ސެޓްފިކެޓް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ދައުލަތުގެ މާލިއްޔަތާއި ގުޅޭ ނިޒާމަށާއި، މާލިއްޔަތު ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިވުން.
  2. ފައިނޭންޝަލް އޯޑިޓް ހެދުމުގެ ޤާބިލުކަން ހުރުން.
  3. ހަވާލުކުރެވޭ މަސައްކަތްތައް ވީއެންމެ ފުރިހަމަކޮށް ކަނޑައެޅިފައިވާ ވަގުތަށް ނިންމުން.
  4. މަސައްކަތާއި ގުޅޭ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ޕްރޮފެޝަނަލް ކަމާއެކު ކުރިމަތިލާ ހައްލުކުރުން.
  5. ސްޕަވައިޒްނުކޮށްވެސް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  6. ތަޢުލީމާއި ތަމްރީނު
  7. މަސައްކަތުގެ ތަޖުރިބާ. %20
  8. އިމްތިޙާން އަދި ޕްރެޒެންޓޭޝަން %25
  9. ބަސްދީގަތުން %40

މަސައްކަތު ގަޑި

ހަފްތާއެކު 40 ގަޑިއިރު (ރަސްމީ މަސައްކަތު ގަޑި: ދުވާލަކު 8 ގަޑިއިރު ހަފްތާއެކު 5 ދުވަހު)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޑިސެންބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް career@homeaffairs.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ، 2022 ޖަނަވަރީ 04  އާއި  ޖަނަވަރީ 13 އާ ދެމެދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031546  ނުވަތަ 3031543 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

15 ޖުމާދަލްއޫލާ 1443

19 ޑިސެންބަރު 2021
ހޯދާ