މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ޅޮހި ކައުންސިލްގެ އިދާރާއަށް ސެކިއުރިޓީ އޮފިސަރުން ހޯދުން

 ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުޞޫލުން ސެކިޔުރިޓީ ބެލެހެއްޓުމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ސެކިއުރިޓީ އޮފިސަރ

މުއްދަތު: 01 އަހަރު

ބޭނުންވާ ޢަދަދު: 02

މުސާރާ: -/4000 ( ހަތަރުހާސް ރުފިޔާ )

މަޤާމުގެ ޝަރުތު: ޞިއްޙީގޮތުން ދުޅަހެޔޮ މީހަކުކަމުގައިވުމާއި، މަޤާމުގެ މަސައްކަތުގައި ގިނަ ދުވަހު އުޅެވޭނެ މީހަކުކަމުގައި ވުމާއި، ވަޒީފާއެއްގައި އުޅޭ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 05 އަހަރު (ފަހެއް) އަހަރުގެ ކުށުގެ ރެކޯޑެއް އޮތް މީހަކުކަމުގައި ނުވުމާއި އުމުރުން 55 އަހަރު ފުރިފައިވާ މީހަކުކަމުގައި ނުވުމާއި އަދި މީގެ އިތުރުން ގުޅުންހުރި ދާއިރާއަކުން ތަޖްރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ އެވެ.

މަސްޢޫލިއްޔަތު:

  1. ހަވީރު 5:45 އިން ދަންވަރު 12.00 އަށް އަދި ދަންވަރު 12.00 އިން ހެނދުނު 6.15 އަށް ނ.ޅޮހި ކައުންސިލްގެ އިދާރާގެ ޢިމާރާތާއި ގޯތިތެރެއާއި ގޯތި ވަށައިގެންވާ މަގުތަކުގެ ( ރަށު ކައުންސިލްގެ އިދާރާ ހިމެނޭ ސަރަޙައްދުގެ ) ސެކިއުރިޓީ ބެލެހެއްޓުން.
  2. އޮފީސް އިމަރާތާއި އަދި އެހެނިހެން ވަސީލަތަކަށް ގެއްލުމެއްވެފައިވާނަމަ ނުވަތަ ލަފާކުރެވޭނެމަ އެކަން ލަސްނުކޮށް ކަމާބެހޭ ވެރިއަކަށް އެންގުން.
  3. ޑިއުޓީއަށް ތިބޭމީހުން ނުބެލެހެއްޓުމުގެ ސަބަބުން ގެއްލޭ ނުވަތަ ހަލާކުވާ އެއްޗެއްގެ ޒިންމާ އުފުލާނީ ސެކިޔުރިޓީ ބަލަހައްޓަވާ ފަރާތަކުންނެވެ. މިގޮތުން ގެއްލޭ ނުވަތަ ގެއްލުމެއް ލިބޭ އެއްޗަކަށް އެއަށްވާ އަގު ނުވަތަ އެފެންވަރުގެ އަގުހުރި އެއްޗެއް ލިބެންޖެހޭނެ އެވެ.
  4. މަސައްކަތުގެ ގަޑި ފެށޭ ވަގުތުން ފެށިގެން އިދާރާއަށް ވެދެވެން ހުންނަ ދޮރުތައް ( ކުދިދޮރާއި، ބޮޑުދޮރާއި،ފެންލައިޓްތައް ) ހުރީ ރަނގަޅަށް ތަޅުލެވި ތަންޑުއަޅާފައިތޯ ބަލާ ޗެކްކޮށް ތަޅުނުލެވި ހުރިކަން އެނގިއްޖެނަމަ ވީހާވެސް އަވަހަށް ވެރިއަކަށް އެންގުމާއި، އޮފީހަށް ވަންނަ ދޮރާއްޓާ ކުރިމައްޗަށް އެއްވެސް އެއްޗެއް ޕާކްކުރިއަނުދީ ބަލަހައްޓަންވާނެ އެވެ.
  5. ބަންދުގަޑީގައި ކައުންސިލް އިދާރާއިން ވަކިކަމަކަށް ހުއްދަދީފައިވާ ކައުންސިލް އިދާރާގެ މުވައްޒަފުން ނުވަތަ މީހުން ފިޔަވާ ބޭރުމީހަކު ނުވަތަ ކައުންސިލް ޢިމާރާތުގެ ގޯތިތެރެއަށާއި ޢިމާރާތަށް ވަނުން މަނާކުރަންވާނެއެވެ.
  6. ޑިއުޓީގަޑީގައި ކައުންސިލް އިދާރާއިން ބޭރަށް ގެންދާ ތަކެއްޗާއި ބޭރުން އެތެރެއަށް ވައްދާ ތަކެތި ކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެމަތިން ބަލަހައްޓަންވާނެ އެވެ.
  7. ގޯތިތެރެއަށް ކުނި ފާޑުގެ އެއްވެސް އެއްޗެއް އުކުން ނުވަތަ އެޅުން ހުއްޓުވައި އެފަދަކަމެއް ދިމާވެއްޖެނަމަ ވެރިއަކަށް އެންގުން.
  8. ކައުންސިލް އިދާރާގެ މަގުމަތީ ފާރުގައި އެއްވެސް މީހަކު އިށީންދެ ފާރުމައްޗަށްއަރާ އެފަދަ ކަމެއް ކުރަނީނަމަ އެކަމެއް ވަގުތުން މަނާކުރަންވާނެ އެވެ. އަދި އެ އަމުރާ ޚިލާފްވެ އެކަމެއް ނުހުއްޓިއްޖެނަމަ އެކަން ކަމާބެހޭ ވެރިއަކަށް އެންގުން.
  9. ކޮންމެ ޑިއްޓީއެއްގައި ހިނގާފައިވާ ކަންތައްތައް ލިޔެ ކޮންމެ ދުވަހަކު އެއްފަހަރު ސެކިއުރިޓީ ބަލަހައްޓާ އޮފީހަށް ހުށަހަޅާ ސޮއިކުރަންވާނެ އެވެ.
  10. ކައުންސިލްގެ އިދާރާގެ އުތުރުފަރާތާއި ދެކުނުފަރާތު ފެންޑާގެ ބޮކި ނިއްވާ ހަވީރު 6.00 ގައި ބޮކި ދިއްލުން.
  11. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެމަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ސުންގަޑީ: 23 ޑިސެމްބަރ 2120 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަށް ނ.ޅޮހި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމް
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށުގެ ކޮޕީ
  3. މަޤާމުގެ މަސައްކަތުގެ ތަޖްރިބާގެ ލިޔުން. ( ވަޒީފާ އަދާކޮށްފައިވާ ފަރާތެއް ނުވަތަ ވަޒީފާއެއް އަދާކުރަމުންދާ މީހަކުނަމަ )
19 ޑިސެންބަރު 2021
ހޯދާ