ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަގާމް:

މަސައްކަތު

ބޭނުންވާއަދަދު:

4 (ހަތަރެއް)

މަޤާމުގެގިންތި:

ކޮންޓްރެކްޓް

ވަޒީފާގެމުއްދަތު:

12 މަސް (1 ޖަނަވަރީ 2022 އިން 31 ޑިސެންބަރު 2022 އަށް)

ވަޒީފާއަދާކުރަންޖެހޭތަން

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި

މުސާރަ

3,100.00ރ( ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސްއެލަވަންސް

1,000.00ރ (އެންހާސް ރުފިޔާ)

އެހެނިހެންއެލަވަންސް

ސަރޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި 1,200.00ރ (ބާރަސަތޭކަ ރުފިޔާ) ދެވޭނެ، މީގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

  1. ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައިވެސް މިސްކިތުގެ އެތެރެއާއި ބޭރު އަދި މިސްކިތުގެ ވަށައިގެންވާ މަގުތައް ކުނިކަހައި، ފޮޅައި ސާފުކޮށް ބެލެހެއްޓުން.
  2. މިސްކިތުގެ ފާޚާނާތަކާއި ވުޟޫކުރާ އިސްކުރުބަރި ސާފުކޮށް ބެލެހެއްޓުން.
  3. މިސްކިތުގެ ދޮރުތައް ހުޅުވައި ލެއްޕުމާއި ދޮރުތަކުގެ ބިއްލޫރި އަދި ފަންކާތައް ސާފުކޮށް ބެލެހެއްޓުން.
  4. މިސްކިތުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  5. މިސްކިތުގެ މަސައްކަތްތަކާއި ގުޅިގެން ހަވާލުކުރެވޭ މިނޫން މަސައްކަތްތަކާއި، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.

މަޤާމުގެޝަރުތުތައް:

  1. އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުން
  2. ޢުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް:

  1. މަސައްކަތުގެ ތަޖުރިބާ %25
  2. ލިބިފައިވާ ހުނަރު / އިންޓަވިއު %75

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ސިޓީ ހުށަހަޅާނީ 27 ޑިސެންބަރު 2021 ވާހޯމަދުވަހުގެ 13:00ގެ ކުރިން، ހުވަދުއަތޮޅުއުތުރުބުރީމާމެންދޫކައުންސިލްގެއިދާރާއަށެވެ.

އިންޓަވިއުއޮންނާނެތަނާއި،މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 28 ޑިސެންބަރު 2021 އާއި 30 ޑިސެންބަރު 2021 އާ ދެމެދު ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820007 އަަށެވެ. އީ-މެއިލް ކުރާނީ  info@maamendhoo.gov.mv  އަށެވެ.

                 

19 ޑިސެންބަރު 2021
ހޯދާ