ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސީނިއަރ ބަޖެޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

ސީނިއަރ ބަޖެޓް އޮފިސަރ

ރޭންކް:

MS1/B

ސެކްޝަން/ޑިޕާޓްމަންޓް

ބަޖެޓް ސެކްޝަން

ކްލެސިފިކޭޝަން

އޮފިސަރ / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކޮންމެ މަހެއް ނިމުމާއެކު އެމަހެއްގެ ތެރޭގައި ކުރެވިފައިވާ އެންމެހާ ޚަރަދުތަކާއި، ބަޖެޓަށް ގެނެވިފައިވާ ބަދަލުތައް ރިކޮންސައިލްކޮށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކާއި އޮފީހުގެ ހިސާބުތައް ބެލެންސްކުރަމުން ގެންދިއުން.
  • ކޮންމެ އަހަރެއް ނިމުމާއެކު އެ އަހަރެއްގެ މާލީ ހިސާބުތައް މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ފޮނުވުން.
  • ކަމާބެހޭ ސެކްޝަނުން އޮފީހުގެ އަހަރީ ރިޕޯޓް ހޯދައި، މާލީ ހިސާބުތަކާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން ސެކްޝަން / ޑިޕާޓްމަންޓްގެ ވެރިޔާ ހަވާލުކުރާ މަސައްކަތްތައްކުރުން.
  • ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ސީލިންގއަށް ލަފާކުރާ ބަޖެޓް ފެއްތުމާއެކު، ސެޕް ސިސްޓަމް މެދުވެރިކޮށް ލަފާކުރާ ބަޖެޓް އެމިނިސްޓްރީއަށް ހުށަހެޅުން.
  • ސެޕް ސިސްޓަމުގެ ތެރެއިން ލިބިފައިވާ ބަޖެޓްގެ އެއްކޯޑުން އަނެއްކޯޑަށް ފައިސާ ބަދަލުކުރުމާއި، އެޑްވާންސް ފަންޑުން ފައިސާ ހޯދުމުގެ ކަންތައް ސެކްޝަން / ޑިޕާޓްމަންޓްގެ ވެރިޔާގެ އިރުޝާދުގެ ދަށުންކުރުން.
  • ސެޕް ސިސްޓަމުން އެޕްރޫވްކޮށް، ބަޖެޓުގެ އެއްކޯޑުން އަނެއްކޯޑަށް ބަދަލުކުރާ ފައިސާއާއި އެޑްވާންސް ފަންޑުން ރިލީޒްކުރާ ފައިސާ ސިމް ވައުޗަރ ސިސްޓަމަށް އެންޓަރކުރުން.
  • ބިލުތަކަށް ފައިސާ ދެއްކުމަށްޓަކައި ސިމް ސިސްޓަމުން ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި ސޮއިހަމަކޮށް، ވައުޗަރތައް ސްކޭންކޮށް ރީނޭމްކޮށް ކަމާބެހޭ ފޯލްޑަރތަކުގައި ތަރުތީބުކޮށް، ސެޕް ސިސްޓަމަށް އެންޓަރކުރުން.
  • ކޮންމެ އަހަރެއް ފެށުމާއެކު ވީއެންމެ އަވަހަކަށް ސިމް ވައުޗަރ ސިސްޓަމަށް އެއަހަރަށް ލިބުނު ބަޖެޓް އަޅައި ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް އެޚިދުމަތް ފޯރުކޮށްދޭ ފަރާތް މެދުވެރިކޮށް ގެނައުން.
  • ފައިސާ ނަގަންޖެހޭ ވައުޗަރތަކުގެ ތެރެއިން ނިމޭ ވައުޗަރތައް މަދުވެގެން ހަފުތާއަކު އެއްފަހަރު ބަލައި، އޮފީހަށް ގެންނަންޖެހޭ ފައިސާ ގެނެސް އެފައިސާއެއް ލިބެންޖެހޭ ފަރާތާ ލިޔުމުން ހަވާލުކުރުން، ނުވަތަ ތިޖޫރީ ބަލަހައްޓާ މުވައްޒަފާ ލިޔުމުން ހަވާލުކުރުން.
  • ބޭރު ފައިސާއިން ޚަރަދުކުރެވޭ ވައުޗަރތަކާ ގުޅިގެން އެމް.އެމް.އޭ. އިން އަންނަ ޑެބިޓްނޯޓްތައް ކަމާބެހޭ ވައުޗަރތަކާ އެޓޭޗްކޮށް، ސިމް ސިސްޓަމުން އެވައުޗަރގައިވާ ދިވެހި ފައިސާގެ ޢަދަދު ޑެބިޓް ނޯޓްގައިވާގޮތަށް އިޞްލާޙުކުރުން.
  • ބަޖެޓް ސެކްޝަންގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން.  

އުޖޫރަ:

މަހަކު 9,550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500/- ރުފިޔާ

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

 

ފޯމް ފޮނުވަންވީ ތާރީޚް:   27 ޑިސެންބަރު 2021 އިން 6 ޖަނަވަރީ 2022 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 6 ޖަނަވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން admin@majlis.gov.mv އަށް. (އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ.)

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް.
  • ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް

https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)

26 ޑިސެންބަރު 2021
ހޯދާ