ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

މަޤާމު:

އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަންބަރު:

J-223733

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބ. އަތޮޅުމަދަރުސާ / ބ. ދަރަވަންދޫ

މުސާރަ:

5020.00 (ފަސް ހާސް ވިހި ރުފިޔާ)

ސަރވިސް އެލަވަންސް:

1500.00 (ފަނަރަ ސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  4. ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/700 ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސްކޫލުގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ދަރިވަރުން ލައިބްރަރީއަށް އައުމުގެ ކުރިން ފޮތްތައް ތަރުތީބުކޮށް ހެދުން.
  2. ލައިބްރަރީގެ ފޮތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.
  3. ލައިބްރަރީން ދަރިވަރުންނާއި ޓީޗަރުންނަށް ފޮތް ދޫކުރުމާއި ގެނައުމަށް ފޮތެއް ހަދައި، ފޮތް ދޫކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން.
  4. ދަރިވަރުންނަށް ދޫކުރެވޭ ފޮތްތަކުގެ ރެކޯޑު ބަލަހައްޓައި، ހަލާކުވާ ފޮތާއި، ގެއްލުވާލާ ފޮތްތަކުގެ ބަދަލު ހޯދުން.
  5. ލައިބްރަރީއަށް ބޭނުންވާ ދާއިރާތަކުގެ ފޮތްތައް ބަލައި، އިތުރަށް ބޭނުންވާ ފޮތްތައް ހޯދުމަށް އޮފީހަށް ހުށަހެޅުން.
  6. ލައިބްރަރީގައި ދަރިވަރުން ފޮތްކިޔަން ތިބޭނޭ ރަނގަޅު އިންތިޒާމެއް ޤާއިމުކުރުން.
  7. ލައިބްރަރީގެ ސާފުތާހިރުކަން ބަލަހައްޓައި، އެކަންތައް ދަރިވަރުންނާއި މުވައްޒަފުންނަށް ހިއްސާކުރުން.
  8. ލައިބްރަރީގައި ތަފާތު ލިޔުންތަކުގެ ބޯޑުތައް ބަހައްޓައި، މީހުން ޝައުޤުވެރިވާ ތަނަކަށް ހެދުން.
  1. ކޮންމެ 2 ހަފުތާއަކުން 1 ފަހަރު ހަލާކުވެފައިހުރި ފޮތްތައް ބަލައި ލައިބްރަރީ ސްޓޮކުން ފޮތްތައް އުނިކުރުން.
  1. ލައިބްރަރީ ފޮތްތައް ކެޓްލޮގް ކޮށްފައި ބެހެއްޓުން.
  2. ސްކޫލުގެ އޮފީހާ ގުޅިގެން، ކޮންމެ ތަޢުލީމީ އަހަރެއް ފެށުމާއި ނިމުމާ ދެމެދު ލައިބްރަރީދުވަހެއް ފާހަގަކުރުން.
  3. ލައިބްރަރީއަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ތަކެތި ހޯދުމުގައި ސްކޫލުގެ އޮފީހަށް ޚިޔާލު ހުށަހެޅުން.
  4. ލައިބްރަރީގެ އިންވެންޓްރީ ތަޢުލީމީ އަހަރު ނިމުމުގެ 15 ދުވަސް ކުރިން ނަގައި ސްކޫލުގެ އޮފީހަށް ހުށަހެޅުން.
  5. ކޮންމެ އަހަރެއްގެވެސް ސްކޫލް ބަޖެޓުގައި ހިމެނުމަށް، ލައިބްރަރީއަށް އަލަށް ބޭނުންވާ ތަކެތީގެ ލިސްޓު، ޖޫންމަހުގެ ސްކޫލުގެ އޮފީހަށް ހުށަހެޅުން. ހަލާކުވި ފޮތާއި އަލަށް ލިބުނުފޮތް އެނގޭނޭގޮތަށް ލިސްޓު ހުށަހެޅުން.
  6. ލައިބްރަރީގައި ސްކޫލުގެ ފަރާތުން ބާއްވާ ކަންތައްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  7. ލެންޑިންގ އަދި ރިޓަޔަރިންގ ހުރިހާ މަސައްކަތެއް ކުރުން.
  8. އޯވަރޑިއު ފައިސާ ބަލައިގަތުން. އަދި ހަފުތާއަކު އެއްފަހަރު ބަޖެޓް ސެކްޝަނަށް ފައިސާ ހަވާލުކުރުން.
  9. އަލަށް ލިބޭ ފޮތްތަކާއި ހަވާލުވުމަށްފަހު، އެފޮތްތަކަށް ގަނޑުލައްވައި އިންވެންޓްރީގައި ލިޔުއްވުން.
  10. ލައިބްރަރީ ބަންދުކޮށްފައި ދުރުވާއިރު ހޮޅިބުރިތަކާއި ފަންކާތައް ނިއްވާލައި، ދޮރުތަކުގެ ތަންޑުތައް ޗެކްކުރުން.
  11. ލައިބްރަރީއަށް ދާ ދަރިވަރުންނާއި، މުވައްޒަފުން ލައިބްރަރީގައި ހުންނަ ފޮތްތަކަށް ގެއްލުމެއް ވާކަހަލަ ކަމެއް ކުރިކަން އެނގިއްޖެނަމަ، ގަވާއިދުން ފިޔަވަޅު އަޅައި، ސްކޫލުގެ އޮފީހަށް އެންގުން.
  12. ލައިބްރަރީގައި ހުންނަ ފޮތްތައް ގިނަދުވަހަށް ދެމިހުންނާނޭ ގޮތްތައް ހޯދައި އެކަންތައްތައް ކުރުން.
  13. މަސައްކަތުގެ މާޙައުލުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސްކޫލުގެ ވެރިންނާ ވާހަކަ ދައްކައިގެން ހައްލުކުރުން.
  14. މަދަރުސާގެ ވެރިންނާއި، ބެލެނިވެރިންނާއި، މުދައްރިސުންނަށް އިޙުތިރާމާއި ޤަދަރުކުރުން.   
  15. މަދަރުސާގެ ރައްކައުތެރިކަމާއި، ފަރުނީޗަރުތަކާއި، ތަކެތީގެ ރައްކައުތެރިކަމަށް ވިސްނައިގެން މަސައްކަތްކުރުން.
  16. ވަޒީފާގެގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން. އަދި ދުވަހުން ދުވަހަށް މަސައްކަތްތައް ނިންމުން.
  17. މަދަރުސާގެ ރަސްމީ ގަޑީގައި ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތަށް ވަޒީފާގެ މަސައްކަތުގައި ގިނަވަގުތު ހޭދަކުރުން.
  18. މަދަރުސާގެ ރަސްމީ ގަޑިތަކުގައާއި ނުރަސްމީ ދުވަސްތަކުގައި މަދަރުސާއިން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކަށް ހާޒިރުވުމާއި، އިޖުތިމާޢީ މަސައްކަތްތަކާއި، މަސައްކަތުދުވަސްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  19. ސިވިލް ސަރވިސް ކޮމިޝަންގެ ގަވާއިދުތަކާއި، މަދަރުސާގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
  20. ސްކޫލުގެ މަޤްޞަދުތައް ހާސިލުކުރުމުގައި، ސްކޫލުން ކުރަންޖެހޭ ކަންތައްތަކުގައި، ސްކޫލާ އެއްބާރުލުން ދިނުން.
  21. ސްކޫލުގައި ބޭއްވޭ އެކިއެކި މުނާސަބަތުތަކަށް ސްކޫލް ތައްޔާރުކުރުން ފަދަ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ކުރާ މަސައްކަތް ހަވާލުކުރެވިއްޖެނަމަ، ވެރިން އަންގަވާ ގޮތެއްގެ މަތިން އެކަމެއް ކުރުން.
  22. އަމިއްލަ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  23. މީގެ އިތުރުން ސްކޫލުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 ބިޒްނަސް އެޑްމިނިސްޓްރޭޝަން

 ބިޒިނަސް މެނޭޖްމަންޓް

 ލައިބްރަރީ ސައިންސް

މަގާމަށް ކަނޑައަޅާފައިވާ  ޕްރިފާރޑް ޑިސިޕްލިން

 ނެތް.

 މަގާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިން

 ލައިބްރަރީ ސައިންސް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 ލައިބްރަރީ ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  7. (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  9. (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  10. (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  11. (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  12. (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  13. (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް ބާއްވާ އިމްތިހާނު އަދި އިންޓަވިއުއަށް ބަލައިގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ބ. އަތޮޅުމަދަރުސާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  admin@batollschool.edu.mv  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓް ލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 11 ޖެނުއަރީ 2022 ން 13 ޖެނުއަރީ 2022  އާ ދެމެދު، ބ. އަތޮޅުމަދަރުސާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އަދި ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600034 އަށެވެ. އީ-މެއިލް ކުރާނީ  admin@batollschool.edu.mv  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                24   ރަބީއުލް އާޚިރް   1443ހ.

29 ޑިސެންބަރު 2021
ހޯދާ