ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕުލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީގޮތުން މީހުންބޭނުންވެއްޖެ.

އިޢުލާން

ވޭޖް އެމްޕުލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީގޮތުން މީހުންބޭނުންވެއްޖެ.

 

މިރަށު 4 މިސްކިތުގެ އިމާމުންނާއި މުދިމުން ޗުއްޓީ ނެންގެވުމުންނާއި ސަލާމް ބުނުމުން އެ މުވައްޒަފުންގެ ޗުއްޓީ ނުވަތަ ސަލާމުގެ މުއްދަތު ނިންމުމަށްފަހު މަސައްކަތާއި ހަވާލުވަންދެން އެ މުވައްޒަފުންގެ މަސައްކަތާއި ހަވާލުވާނެ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ބޭނުންވެއެވެ.  

 

 އުޖޫރަ:

  • އިމާމުކަމުގެ ސަނަދުއޮތްނަމަ ހާޞިރުވާ ކޮންވެ ނަމާދު   ވަޤުތަކަށް -/61ރ
  • އިމާމުކަމުގެ ސަނަދުނެތްނަމަ ހާޞިރުވާ ކޮންވެ ނަމާދު ވަޤުތަކަށް -/53ރ

 

މިއީ ވޭޖް އެމްޕުލޯއިމަންޓްގެ ދަށުން ނެގޭ ބަޔަކަށްވާތީ އުޖޫރަދެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ބަންދުދުވަހުގެ ފައިސާ އާއި އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.

ކުރަންޖެހޭމަސައްކަތް:

  • ފަސްވަޤުތު ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން، ކޭތަނަމާދާއި މިސްކިތުގައި ބޭއްވޭ ދީނީ ދަރުސްފަދަ ޕްރޮގްރާމްތައް ހިންގާނަމަ ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • މިސްކިތު މަސައްކަތު މުވައްޒަފުން ލައްވާ މިސްކިތާއި ގޯތިތެރެ ސާފުކޮއް ބެލެހެއްޓުން:

 ހުށަހަޅަންޖެހޭ ލިޔުންތައް.

  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ސާފުކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ވީމާ، މަތީގައި ދެންނަވާފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ޖެނުއަރީ 2022 ވާ ބުދަ ދުވަހުގެ 13:00  ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

27 ޑިސެންބަރު 2021
ހޯދާ