މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ

 (IUL)10-C/10/2022/5 :ނަންބަރު

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-333554

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް/ ކޯޕަރޭޓް އެފެއާޒް ސެކްޝަން/ ކ.މާލެ

މުސާރަ:

8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2:މަހަކު 1,100.00 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ޑިޕާރޓްމަންޓުގެ މަސައްކަތްތައް ތަރައްޤީ ކުރުމަށްޓަކައި އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވިދާނެ ގޮތްތައް ބެލުމަށް ސެކްޝަންތަކާއި ގުޅިގެން މަޝްވަރާކޮށް، މަޝްވަރާތަކުގެ އަލީގައި ޑިރެކްޓަރ ޖެނެރަލްއަށް ލަފައާއި އިރުޝާދު ދިނުމާއި އޮފީހުގެ ކަންތައްތައް ތަންފީޒްކުރުމަށް ޑިރެކްޓަރ ޖެނެރަލްއަށް އެހީތެރިވެދިނުން.
  2. ޑިޕާރޓްމެންޓުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ އެސް. އޯ. ޕީސްތައް އެކުލަވާލުމުގައި އެހީތެރިވުން.
  3. މުވައްޒަފުންގެ ވަޒީފާގެ ކަންކަމާއި، ހާޒީރީއާއި ގުޅޭ އެންމެހާ ކަންކަން ކުރުވުމާއި ޕޭރޯލްގެ އެންމެހާކަންކަން ކުރުވުމާއި، ޕޭރޯލާގުޅޭ އެންމެހާ ހިސާބު ކިތާބުތައް ރަނގަޅަށް ޗެކްކުރުވުން
  4. މުވައްޒަފުންނާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތަކާއި، އަދި މުވައްޒަފުންގެ ފަރާތުން ހުށަހަޅާ ޝަކުވާތަކަށް ޙައްލު ހޯދައި ދިނުމަށްޓަކައި މަސައްކަތް ކުރުންވުން.
  5. ޑިޕާޓްމަންޓުގެ ބަޖެޓް މޮނިޓަރ ކޮށް ކަމާބެހޭ މަޢުލޫމާތު ކޮންމެ މަހަކު އެއްފަހަރު ހިއްސާކުރުން.
  6. ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި ޑިޕާރޓްމެންޓުގެ އެސް.އޯ.ޕީއާއި އެއްގޮތްވާގޮތުގެ މަތިން، ޑިޕާރޓްމެންޓުގެ ލަނޑުދަޑިތައް ހާޞިލްވާ ގޮތަށް ކަނޑައަޅާފައިވާ ބަޖެޓް ބޭނުންކުރުމަށް ބަޖެޓް ޕްލޭންކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުވުން.
  7. ޑިޕާރޓްމެންޓުގެ  އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާން ކުރެވޭ އެންމެހާ ކަންކަން މޮނީޓަރކޮށް ބެލެހެއްޓުން.
  8. މުވައްޒަފުންގެ އަޚްލާޤާއި ސުލޫކާ ގުޅިގެން، ޑިޕާރޓްމެންޓުގެ  ފަރާތުން އެ މުވައްޒަފުންގެ ސުޕަވައިޒަރަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ބައެއް މުވައްޒަފުންނާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތަކާއި، އަދި މުވައްޒަފުންގެ ފަރާތުން ހުށަހަޅާ ޝަކުވާތަކަށް ޙައްލު ހޯދައި ދިނުމަށްޓަކައި ޑިޕާރޓްމެންޓުން  ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ޑިޕާޓްމަންޓްގެ ދަށުގައިވާ ސެކްޝަން / ޔުނިޓްތަކުގެ އިސްވެރިން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް އެޕްރައިޒަލް ފޯމް ފުރިހަމަކޮށް ދެންތިއްބެވި ވެރިންގެ އެޕްރައިޒަލް ފޯމް ފުރިހަމަ ކުރަމުން ދޭތޯބަލައި އަދި އެޕްރައިޒަލް ފޯމް ހަވާލުކުރަންޖެހޭ ތާރީޚަށް ފޯމްތައް ހަވާލުކުރަންޖެހޭ ސެކްޝަނަށް ހަވާލުކުރިތޯ ބެލުން.

މަޤާމުގެ ޝަރުޠުތައް:

  1. އެކައުންޓިންގ / އެޑްމިނިސްޓްރޭޝަން / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ފައިނޭންސް / މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެކައުންޓިންގ / އެޑްމިނިސްޓްރޭޝަން / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ފައިނޭންސް / މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓް  ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެކައުންޓިންގ
  2. އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  4. ބިޒްނަސް މެނޭޖްމެންޓް
  5. ފައިނޭންސް
  6. މެނޭޖްމެންޓް
  7. ޕަބްލިކް އެޑްމިނިސްޓްރޭޝަން

               

ޕްރިފަރޑް ޑިސިޕްލިންތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމެންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

ނެތް

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  http://www.csc.gov.mv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް career@homeaffairs.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 2022 ޖަނަވަރީ 16 އާއި 31 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031546، 3031543 ނުވަތަ 3031544 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

29 ޖުމާދަލްއޫލާ  1443

02 ޖަނަވަރީ 2022
ހޯދާ