އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އައި.ޔޫ.އެމް ހޯލްޑިންގސްގެ ބުކްޝޮޕްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުން

ވަޒީފާގެ ފުރުސަތު

 

ނަންބަރު:IUMH-AD/I/2022/02

އައިޔޫއެމް ހޯލްޑިންގްސްގައި މަސައްކަތް ކުރުމަށް ތިރީގައިވާ މަޤާމްތަކަށް ވަޒީފާގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމު:

ކޭޝިއަރ – އައި.ޔޫ.އެމް ހޯލްޑިންގސް ކ.މާލެ ބުކްޝޮޕް

 އަދަދު: 1

ކޭޝިއަރ – އައި.ޔޫ.އެމް ހޯލްޑިންގސް ހދ.ހަނިމާދޫ ބުކްޝޮޕް

އަދަދު: 1

ކޭޝިއަރ – އައި.ޔޫ.އެމް ހޯލްޑިންގސް ސ.މީދޫ ބުކްޝޮޕް

އަދަދު: 1

މަޤާމުގެ ރޭންކް:

AO

 

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކު 1200.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 60.00 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

މަޤާމުގެ ޝަރްޠުތައް:

  1. ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  2. ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކޮށް ލިޔެ މުޢާމަލާތް ކުރަން އެނގުން.
  3. އިންޓަވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ރީތިބަހުން މުޢާމަލާތް ކުރުން.
  • ކަސްޓަމަރުންނަށް ވޯޑް ޕްރޮސެސިންގް، ފޮޓޯ ކޮޕީ ނެގުން، ބައިންޑްކުރުން ނަން ކާޑުކޮޅު ހެދުން ފަދަ ޚިދުމަތްތަށް ދިނުން.
  • މަސައްކަތުގައި ގެންގުޅޭ ތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
  • ލިބޭ ފައިސާގެ ޑެއިލީ ރިޕޯޓް ތައްޔާރުކޮށް އަދި ޗެކްކުރުން.
  • ޑިއުޓީ ބަދަލުކުރުމުގައި ނުނިމިހުރި މަސައްކަތްތައް ޑިއުޓީއަށް އަންނަ މުވައްޒަފަށް ކިޔައިދީ ހޭންޑްއޯވަރ ދިނުން.
  • ކްރެޑިޓްގެ ގޮތުގައި ދެވޭ ޚިދުމަތްތަކަށް ބިލް ހެދުން / ޗެކުކުރުން.
  • ޑެއިލީ ކަލެކްޝަނާއި ބެހޭ ޓްރާންސެކްޝަންތައް ދުވަހުން ދުވަހަށް ސޮފްޓްވެއާއަށް އެންޓަރ ކުރުން.
  • ފައިސާއާބެހޭ ރަސީދުފޮތްތަކާއި، ލިޔުންތައް ތިޖޫރީގައި ރައްކާކުރުމާއެކު ފައިލްކޮށް ބެލެހެއްޓުން.
  • ފައިސާގެ މުޢާމަލާތްތަކާބެހޭ ރިޕޯރޓްތައް ގަވާއިދުން ހެދުން.
  • ފައިސާ އާއިބެހޭ އެންމެހާ ލިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • އައި.ޔޫ.އެމް ހޯލްޑިންގސް ކ.މާލެ ބުކްޝޮޕް – ކ.މާލެ
  • އައި.ޔޫ.އެމް ހޯލްޑިންގސް ހދ.ހަނިމާދޫ ބުކްޝޮޕް – ހދ. ހަނިމާދޫ
  • އައި.ޔޫ.އެމް ހޯލްޑިންގސް ސ.މީދޫ ބުކްޝޮޕް – ސ. މީދޫ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރެވޭ ފަރާތްތައް.
  • ކަސްޓަމަރ ސަރވިސް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް.
  • ކޮރަލް ޑްރޯ، ފޮޓޯޝޮޕް، މައިކްރޯސޮފްޓް ވަރޑް އަދި އެކްސެލް. ޕްރިންޓަރ އަދި ފޮޓޯ ކޮޕީ މެޝިން ބޭނުންކުރާ އެނގޭ ފަރާތްތަކަށް.
  • ކޭޝިއަރއެއް ނެގުމުގައި މައިކްރޯސޮފްޓް އޮފިސް ޕެކޭޖް އަދި ޕީއޯއެސް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

 

 

 

 

 

 

 

 

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު އައި.ޔޫ.އެމް ހޯލްޑިންގސްއިން ލިބެން ހުންނާނެއެވެ. އަދި މި އިއުލާނާއި އެއްހީރާސް ކުރެވިފައިވާނެއެވެ.)
  2. ހާސިލްކޮށްފައިވާ ތަޢުލީމާއި އަދާކޮށްފައިވާ ވަޒީފާގެ ތަފްސީލުތަށް ހިމެނޭގޮތަށް ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)

އީމެއިލް މެދުވެރިކޮށް jobs@iumholdings.com.mv އަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުންނާއި، ހާޑް ކޮޕީ ހުށަހަޅާ ފަރާތްތަކުން 13 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައިޔޫއެމް ހޯލްޑިންގސް ޕލޓޑ އަށް ދުރުވެ އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3001885 އަށް ގުޅުއްވުން އެދެމެވެ.

 

05 ޖަނަވަރީ 2022
ހޯދާ