އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ފެރިދޫ ކުޑަކުދިންގެ ޕާރކުގެ ވަށާފާރުގައި ކުލަ އަދި ވަރުނީސް ލުމުގެ މަސައްކަތް

                                                                ނަންބަރު: A/IUL/344/2022/5

ޢިއުލާން

 

                  އއ. ފެރިދޫ ކުޑަކުދިންގެ ޕާރކުގެ ވަށާފާރުގައި ކުލަ އަދި ވަރުނީސް ލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރ: A/IUL/344/2021/71 (26 ޑިސެމްބަރު 2021) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅުއްވާފައިނުވާތީ، އިޢުލާނު ބާޠިލުކޮށް އަލުން އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2022 ޖެނުއަރީ 06 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2022 ޖެނުއަރީ 11  ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ  ކުރިން info@feridhoo.gov.mv އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ / އައިޑީކާޑު ކޮޕީއަކާއި، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި ފުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 ޖެނުއަރީ 18 ވާ އަންގާރަ ދުވަހުގެ ހެނދުނު  11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.

                  މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 2022 ޖެނުއަރީ 11 ވާ  އަންގާރަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން info@feridhoo.gov.mv އަށް މެއިލްމެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                  03 ޖުމާދުލްއާޚިރާ 1443

06 ޖަނަވަރީ 2022
ހޯދާ