ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި މަގުމަތީ ބައްތިތަކާއި ބަނދަރު ބައްތިތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                އަމިއްލަ ތަކެތީގައި މަގުމަތީ ބައްތި ތަކާއި ބަނދަރު ބައްތިތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

މިރަށު މަގު ބައްތިތަކާއި ބަނދަރު ބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ކޮންޓްރެކްޓް ކުރެވިފައިވާ ފަރާތާއިއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، ބައްތި ނެޓްވޯކް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

 

 

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުން (ކައުންސިލް އިދާރާގެ ހޯލްގައި)

24 ޖެނުއަރީ 2022

11:00

އަންދާސީ ހިސާބު ހުށަހެޅުން (ކައުންސިލްއިދާރާގެ ހޯލްގައި)

30 ޖެނުއަރީ 2022

11:00

   

         މި މިމަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

 އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މަޢުލޫމާތު ސާފު ނުކުރާ ފަރާތްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް، އަދި ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ secretariat@nilandhoo.gov.mv އަށެވެ.

          މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

‏‏               16  ޖުމާދަލްއާޚިރާ  1443

19 ޖަނަވަރީ 2022
ހޯދާ