އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ޕްރީސްކޫލަށް ވޭޖް އުޞޫލުން ޓީޗަރުން ހޯދުމާއި ގުޅޭ:

 

  ނަންބަރު: A/IUL/344/2022/6

                 ޢިއުލާން

 

އއ.ފެރިދޫ ޕްރީސްކޫލަށް ވޭޖް އުޞޫލުން ޓީޗަރުން ހޯދުމާއި ގުޅޭ:

 

މަޤާމްގެ ނަން: ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު: 2

މުސާރަ: ކިޔަވައިދިނުމަށް ނުކުންނަ ކޮންމެ ދުވަހަކަށް -/65ރ (ފަސްދޮޅަސް ފަސް ރުފިޔާ)

މުއްދަތު: 1 އަހަރު

މަޤާމުގެ ޝަރުތު

މަޤާމުގެ މަސްއޫލިއްޔަތުތައް

 

- ޕްރީސްކޫލް ޓީޗިން ދާއިރާއިން، ސެޓްފިކެޓް ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

- މަޤާމުން މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން. ނުވަތަ

- ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުން

- ޕްރީސްކޫލްގެ ކުދިންނަށް ކިޔަވާދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.

- ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރިކޯޑްތައް ބެލެހެއްޓުން.

- ދަރިވަރުންގެ ކުރިއެރުމާއި ބެހޭގޮތުން ބެލެނިވެރިންނާއި، ކައުންސިލްގެ ވެރިންނަށް މައުލޫމާތު ހިއްސާކުރުން.

-ޕްރީސްކޫލާ ގުޅޭގޮތުން ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުން އަންގާ މަސައްކަތްކުރުން. 

 

   ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމް.
  2. އެކްރްޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ދާއިރާއާއި ގުޅޭ ލިޔުމެއް ލިބިފައިވާނަމަ، އެލިޔުމެއްގެ ކޮޕީ.

ސުންގަޑި:

- މި މަޤާމަށް އެދޭ ފަރާތްތަކުން މިކައުންސިލުން ދޫކުރާ ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު 3 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގެ ކުރިން މިއިދާރާއަށް ފޯރމް ހުށައެޅުއްވުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް : ފޯން 6660545 އަށް ގުޅުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު އއ.ފެރިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

 

ނޯޓް: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކޮށް އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު ކުރުން އޮންނާނީ 7 ފެބްރުއަރީ 2022 އާއި 13 ފެބްރުއަރީ 2022 އާއި ދެމެދު އއ.ފެރިދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހާޒިރުވެލައްވާއިރު ތައުލީމީ ސެޓްފިކެޓްތަކުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.

             27 ޖެނުއަރީ 2022

27 ޖަނަވަރީ 2022
ހޯދާ