ދިވެހިރާއްޖެ
ފ. އަތޮޅު މަދަރުސާ
ފ. ފީއަލި – ދިވެހިރާއްޖެ
ނަންބަރު: GS11/IUL/2022/02
އިޢުލާނު
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
ފ.އަތޮޅުމަދަރުސާގެ 2 ކްލާސްރޫމްގެ މުށި ބަދަލުކުރުން
މިމަދަރުސާގެ 2 ކްލާސްރޫމްގެ މުށި ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚަށް މި ސްކޫލު އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް |
2022 ފެބްރުވަރީ 01 ވާ އަންގާރަ ދުވަހު 10:30 އަށް ފ. އަތޮޅުމަދަރުސާއަށް ދުރުވެދެއްވުން އެދެމެވެ. |
2022 ފެބްރުވަރީ 06 ވާ އާދީއްތަ ދުވަހު 10:30 އަށް ފ. އަތޮޅުމަދަރުސާއަށް ދުރުވެދެއްވުން އެދެމެވެ. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަމްބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަމްބަރ 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތަށް މަޢުލޫމާތުދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ، ޙާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
24 ޖުމާދުލްއާޚިރާ 1443
27 ޖަނަވަރީ 2022