ވަޒީފާގެ ފުރުޞަތު
|
ނަންބަރު: S2C-A/2022/1
|
ތާރީޚް: 02 ފެބުރުވަރީ 2022
|
މަޤާމް:
|
ވޮޗަރ (ދާއިމީ)
|
ބޭނުންވާ ޢަދަދު:
|
1
|
ރޭންކް:
|
އެސްއެސް1
|
އަސާސީ މުސާރަ:
|
-/ 3,100ރުފިޔާ
|
އެލަވަންސްތަކާއި ޢިނާޔަތްތައް:
|
- ސަރވިސް އެލަވަންސް: -/1000 ރުފިޔާ
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 އަށްވާ ފައިސާ
- ލިވިންގ އެލަވަންސް: 2,550/- ރުފިޔާ
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
- ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއިއެކު، އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެގުން
|
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:
|
- ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ޝަރްޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔަތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް.
- އަދާކޮށްފައިވާ އަދި ކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކުލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނޭލިޔުމުގެ ކޮޕީ.
|
ސުންގަޑި:
|
- 20 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެކުރިން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
ނުވަތަ s.hithadhoo@judiciary.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރަކީ: 6880008
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
- މިއިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެއްޓުގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް s.hithadhoo@judiciary.gov.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
- ލިބިފައިވާ ތައުލީމް: %30
- މަސައްކަތުގެ ތަޖްރިބާ: %35
- އިންޓަރވިއު (ލިބިފައިވާ ހުނަރާއި، ސިފަތައް) : 35%
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް
|
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
- ފަރިތަކަމާއެކު ދިވެހިބަހުން މުޢާމަލާތްކުރަން އެގުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ، ޝަރުޢީދާއިރާއިން ހެދިފައި ހުންނަ ޤަވާޢިދުތަކާއި، އުޞޫލުތަކަށް އަހުލުވެރި ފަރާތަކަށްވުން.
- ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.
- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|
|
|
|