ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ތިނަދޫގައި މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމް ކުރުމަށް ބިމެއް ދޫކުރުމަށް

އިޢުލާން

ގދ.ތިނަދޫގައި މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމް ކުރުމަށް ބިމެއް ދޫކުރުމަށް  

                      ގދ. ތިނަދޫގައި މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމް ކުރުމަށް 13.20 ނަންބަރު ބިމުގައި ހިމެނޭ 230،000 (ދެލައްކަ ތިރީސް ހާސް) އަކަފޫޓުގެ ބިން  ދޫކުރުމަށް އިޢުލާން ކުރަމެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފްކުރުން

 15 ފެބްރުއަރީ 2022

އަންގާރަ 

13:00 (މެންދުރު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

ޕްރޮޕޯސަލް ހުށަހެޅުން

22 ފެބްރުއަރީ 2021

އަންގާރަ 

13:00 (މެންދުރު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

                  ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއެއްގޮތްވާ ގޮތުގެމަތިން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                       

                   މިބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. ބިން ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.

06 ފެބުރުވަރީ 2022
ހޯދާ