ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

31 ޑިސެންބަރ 2022 ގެ ނިޔަލަށް މިކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން މިރަށުގެ ބަނދަރު ބެލެހެއްޓުމާއި އަދި އިޖުތިމާޢީ ސަރަހައްދުގައި ހުރި ޑަސްބިންތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް ޢުޞޫލުން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • ބޭނުންވާ އަދަދު : 01 މީހުން
  • މަސައްކަތުގެ އަގު: މަހަކު -/6000 (ހަހާސް) ރުފިޔާ،
  • ބަނދަރު އަދި އިޖުތިމާޢީ ސަރަހައްދު ޑަސްބިންތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް، މަހުން މަހުން އަގުދީގެން ހޯދާ ޚިދުމަތަކަށް ވުމާއެކު، މި މަސައްކަތާ ހަވާލުވާ ފަރާތަށް މިކައުންސިލުން ދޭނީ، މަސައްކަތުގެ އަގަށް ކަނޑައެޅިފައިވާ މަހަކު 6000  (ހަހާސް) ރުފިޔާ އެކަންޏެވެ. މި މަސައްކަތުގައި ތިބޭ މީހުންނަކީ، ކައުންސިލްގެ މުވައްޒަފެއްގެ ގޮތުން މަސައްކަތްކުރާ ފަރާތަކަށް ނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ސަލާމާއި، ޗުއްޓީއާއި، ސަރުކާރު ބަންދު ދުވަސްތަކާއި، އިތުރުގަޑީގެ ފައިސާ ނުލިބޭނެއެވެ. ނަމަވެސް ރަމަޟާންމަހުގެ ޢިނާޔަތު ފައިސާގެ ގޮތުގައި (ރަމަޟާން މަހު) 3000(ތިންހާސް ރުފިޔާ) ލިބޭނެއެވެ.
  • މިމަސައްކަތް ކޮށްދިނުމަށް ކުރިމަތިލެވޭނީ ރަނގަޅު އަޚުލާގެއްގެ، ލިޔަންކިޔަން ދަންނަ، ޢުމުރުން 65 އަހަރުންދަށުގެ، ޞިއްޙަތު ރަނގަޅު، ދިވެހިރައްޔިތުންނަށެވެ. 
  • ބަނދަރު ބެލެހެއްޓުމުގެ މަސައްކަތް ކުރަންޖެހޭނީ ކައުންސިލުން ކަނޑައަޅާ ޑިއުޓީތާވަލަކާއި އެއްގޮތަށް ދުވާލަކު 4 ގަޑީރަށެވެ. އަދި ބަނދަރު މަތިން ދޯނިފަހަރަށް ފޯރުކޮށްދޭ ފެން ދޫކުރުމުގެ ޚިދުމަތް، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އެމަސައްކަތް ކުރަން ޖެހޭނެ އެވެ.
  • އިޖުތިމާއީ ސަރަހައްދު ތަކުގައި ބަހައްޓާފައިވާ ޑަސްބިންތައް ސާފުކޮށް ބަލަހައްޓާނީ ކައުންސިލުން ކަނަޑައަޅާ ގޮތެއްގެ މަތިން ގިނަވެގެން މަހަކު ދެ ފަހަރު އެވެ.
  • މިމަސައްކަތް ޙަވާލުކުރެވޭ ފަރާތަކާއިއެކު މިކައުންސިލުން މަސައްކަތުގެ އެއްބަސްވުމެއް ހެދޭނެއެވެ.
  • މިމަސައްކަތް ޙަވާލުކުރުމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައަޅާނީ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހު އިންޓަރވިއު ކޮށްގެންނެވެ.       

 

 

 

 

 

 

         ވީމާ، ކޮންޓްރެކްޓް އުސޫލުން ތ.މަޑިފުށީ ބަނދަރު ބެލެހެއްޓުމާއި އަދި އިޖުތިމާޢީ ސަރަހައްދުތަކުގައި ހުރި ޑަސްބިން ތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށްޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހު، މެންދުރުފަހު 14:00 ގެކުރިން ސިޓީއަކުން ހުށަހެޅުންވުން އެދެމެވެ. ހުށަހަޅާ ސިޓީއާއެކު ތަޢުލީމީ ސެޓްފިކެޓްތަކާއި ،އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ، ވަނަވަރު އަދި ޕޮލިސްރިޕޯޓް ހުށަހަޅުއްވަން ވާނެއެވެ. 

07 ފެބުރުވަރީ 2022
ހޯދާ