މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ ހާރޑްވެއަރއާއި އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން،

މާލެސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާ ހާރޑްވެއަރ އަދި އެހެނިހެން ތަކެތި، ކުރެވޭ ރިކުއެސްޓްތަކާއި އެއްގޮތަށް ކްރެޑިޓް ލައިންއެއް މާލެސިޓީ ކައުންސިލަށް ހުޅުވަދޭގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިކަމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން މިއިދާރާއިން ފޯރުކޮށްދޭ މުދަލުގެ ލިސްޓާއިއެއްގޮތަށް މުދާ ފޯރުކޮށްދޭނެ އަގުތަކާއިއެކު، ލިސްޓް ހުށަހަޅަންޖެހޭނެއެވެ. އެހެންކަމުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.  

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

10 ފެބްރުއަރީ 2022

11:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

އަގު ހުށަހެޅުން

15 ފެބްރުއަރީ 2022

10:00

އެމް.ޑަބްލިޔު.އެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގ 4 ވަނަ ފަންގިފިލާ/ މާލެ ސިޓީ ކައުންސިލްގެ އިދާރާ/ ޕްރޮކިއުމަންޓް ސެކްޝަން

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. 
  • އިތުރު މަޢުލޫމާތު: 

-  މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ބިލްޑިންގ/4 ވަނަ ފަންގިފިލާ)  އަމީނީމަގު، ފޯން: 3025487   / އީމެއިލް: bids@malecity.gov.mv

07 ފެބުރުވަރީ 2022
ހޯދާ