ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ބައެއް ތަކެތި ނީލަން ކިޔުން

         މިސްކޫލްގައި ހުރި ބައެއް ތަކެތީގެ ނީލަން ކިޔުން 18 ފެބުރުވަރީ 2022 ވާ ހުކުރު ދުވަހުގެ 02:00 ގައި މިސްކޫލްގައި އޮންނާނެއެވެ.

      ނީލަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭ ގެ ގައިޑްލައިންގައިވާ ގޮތަށް މާސްކު އެޅުމަށާއި ގައިދުރުކަމަށް ސަމާލުކަން ދިނުން އެދެމެވެ.

ނީލަން ކިޔުމުގެ އުސޫލް

1. ނީލަން ކިޔޭތަކެތީގެ ކޮންމެ ބަޔަކަށް ނީލަން ނަންބަރެއް ދެވިފައި ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ބައެއްގައި ހުންނާނެއެވެ. އަދި ކޮންމެ ނީލަމެއް ފެށޭއަގާއި ކޮންމެ ފަހަރަކު މަދުވެގެން އަގަށް އިތުރުކުރެވޭނެ މިންވަރު އެނގެން ހުންނާނެއެވެ. ފެށޭ އަގަށް އެއްވެސް ފަރާތަކުން ކުރިމަތި ނުލާނަމަ އެ އަގު ދަށް ކުރެވޭނެއެވެ.

2. ނީލަމެއް ކުރިއަށްގެންދާނީ މަދުވެގެން ތިންބައިވެރިންގެ ހާޒިރުގައެވެ. ތިން ބައިވެރިން ހަމަނުވާނަމަ، ދެން ނީލަން ކިޔޭނީ ދެވަނަފަހަރަށް އިޢުލާން ކުރުމަށްފަހުއެވެ.

3. ނީލަމުގައި ހުށަހަޅާއަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ވަގުތުން ވަގުތަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެންފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.

4. ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ހަވާލުކުރެވޭނެއެވެ.

5. ނީލަން ކާމިޔާބުކުރި ފަރާތަށް ތަކެތި ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ.ނީލަން ފައިސާ އެންމެ ލަސްވެގެން 19 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހު 12:00 އަށް ދައްކާ ތަކެތި ގެންގޮސް ނިންމަން ވާނެއެވެ. ފައިސާ ބަލައިގަތުން އޮންނާނީ އެދުވަހު 9:00 ން 12:00 ށް ކަމުގައި ދަންނަވަމެވ

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ސްކޫލްގެ ނަމްބަރު 6600020 އަށެވެ.  ނުވަތަ admin@bmaalhohuschool.edu.mv އަށް އީމެއިލް ކުރެވިދާނެއެވެ.  

 

08 ފެބުރުވަރީ 2022
ހޯދާ