ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ ލޯގޯ އަދި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ ލޯގޯ އަދި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލުން

 

ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ ލޯގޯ އަދި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ހުށަހެޅޭ ހުށައެޅުންތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ހުށައެޅުމެއް ކަނޑައަޅާ އިނާމެއްގެ ގޮތުގައި  -/7000 (ހަތްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯގޯ ފަރުމާކޮށް ހުށަހެޅުމާބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރޗް 06 ވަނަ ދުވަހުގެ 11:00 ގެ ކުރިން ލޯގޯއާއި ކޯޕަރޭޓް އައިޑެންޓިޓީގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނަމަ އީމެއިލް: admin@fonadhoo.gov.mv  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6800082 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

13 ފެބްރުއަރީ 2022

12 ރަޖަބު 1443

13 ފެބުރުވަރީ 2022
ހޯދާ