ދިވެހިރާއްޖެ
އިޢުލާން
15 ފުލަޑް ލައިޓް 400 ވޮޓްގެ ނީލަންކިޔެމާއި ބެހޭ
9 ސެޕްޓެމްބަރ 2020 ގައި ގެޒެޓް ކުރައްވާފައިވާ ދައުލަތުގެ މުދަލެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިއުމާއި ނައްތާލުމުގައި އަމަލު ކުރާނެ އުޞޫލުގެ ދަށުން މާލިއްޔަތާއި ބެހޭ ސާރކިއުލަރ 2018 ގެ ނަންބަރު (D1/CIR/2018/15-ތޭރަ) ގައިވާ ގޮތުގެ މަތިން ދައުލަތުގެ މުދަލެއް ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުން ކުރެވޭތޯ ބެލުމަށް (ނީލަން ޕޯޓަލް) މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައިނުވާތީ، ތިރީގައި މިވާ މުދާ ނީލަމުގައި ވިއްކާލަން ނިންމައިފީމެވެ.
ނީލަން ނަންބަރ |
ބާވަތް |
މުދަލުގެ ފެންވަރު |
ތަކެތި ހުރިތަން |
ފެށޭއަގު |
MYSCE/2022/01 |
15 ފުލަޑް ލައިޓް 400 ވޯޓް ގެ |
ބާވެ، ހަލާކުވެފައި |
ގަލޮޅު ދަނޑު އެކަމޮޑޭޝަން ބްލޮކް |
3975.00 |
ވީމާ މިނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވެ ލެއްވޭނީ މަޢުލޫމާތު ސާފުކުރެވުމަށްފަހު ވަޑައިގެން ނަން ނޯޓު ކޮށްފައިވާ ފަރާތްތަކަށެވެ. އެ ނޫން ފަރާތްތަކަށް ނީލަމުގައި ބައިވެރިވެ ވަޑައެއް ނުގެންނެވޭނެއެވެ. މި ނީލަމުގައި ފަހަރަކު އިތުރު ކުރެވޭނީ -/500 ރުފިޔާ (ފައްސަތޭކަ ރުފިޔާ) އެވެ.
# |
މަޢުލޫމާތު ސާފުކުރުން |
24 ފެބުރުވަރީ 2022 |
10:00 |
އެކަމޮޑޭޝަން ބްލޮކް ގްރައުންޑް |
# |
ނީލަން ކިޔުން |
27 ފެބުރުވަރީ 2022 |
10:00 |
އެކަމޮޑޭޝަން ބްލޮކް ގްރައުންޑް |
ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ކާމިޔާބު ކުރުމަށްފަހު 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަޑޭރި ޕޯރޓަލްއަށް ދައްކަވަންވާނެއެވެ. https://bandeyripay.finance.gov.mv