މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަވަތި ލޯންޗް ސިޓީލާ ނީލަމުގަ ވިއްކާލުން

މިއިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަންބަރު G3597B-02-15-C 36ފޫޓްގެ 22 މީހުންގެ ޖާގައިގެ "ވިޔަވަތި" ލޯންޗު، ސިޓީލާއި ނީލަމުގައި ވިއްކާލުމަށް ނިންމައިފީމެވެ. މިލޯންޗަކީ  ޔަމަހާ 225 ހޯސްޕަވަރުގެ 2 އިންޖީނުއަޅައި 2013 ވަނަ އަހަރު ބަނދެފައިވާ ލޯންޗެކެވެ. ނީލަންފެށޭ އަގަކީ -/500,000 ރ (ފަސްލައްކަ ރުފިޔާ) އެވެ. ހުށަހަޅާއަގަށް ފަހަރަކު އިތުރުކުރެވޭ އެންމެ ކުޑަ އަގަކީ -/50,000 ރުފިޔާއެވެ.

ކޮންމެ ދުވަހަކު 12.00އާ ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 13.00 ގައި މިއިދާރާގެ ވެބްސައިޓާއި،  ފޭސްބުކް ޕޭޖުގައި އާންމުކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ރަސްމީ ބަންދުދުވަސްތައް ފިޔަވައި ޖެހިޖެހިގެން 48 ގަޑިއިރު އެއްއަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ. ލޯންޗާއިބެހޭ މަޢުލޫމާތު މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ލޯންޗާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު 9911113 ފޯނާއި ގުޅުއްވުން އެދެމެވެ.

ނީލަމުން ނަންގަވާ ލޯންޗް ދޫކުރާނީ ނީލަން ނިމޭތާ 15 ދުވަހުގެ ތެރޭގައި މިކައުންސިލަށް ފައިސާ ދެއްކެވުމުންނެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2022 ފެބުރުއަރީ 20 ވާ އާދިއްތަ ދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގުހުށަހެޅުމަށް ހުޅުވާލެވޭ ތާރީޚުންފެށިގެން ޖެހިޖެހިގެން ސަރުކާރުބަންދުނޫން 7 ދުވަހުގެ ތެރޭގައި އެއްވެސްފަރާތަކުން ނީލަމުގައި ބައިވެރިވުމަށް އަގުހުށަހަޅާފައި ނުވާނަމަ އެތާރީޚުންފެށިގެން އިޢުލާން ބާތިލްވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް އަގު ހުށަހަޅުއްވާނީ NL-04 ފޯމުން، info@shaviyani.gov.mv  އަށް  މެއިލް މެދުވެރި ކޮށެވެ.  ނީލަން ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv  އިން ލިބޭނެއެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލަން ކުރީމެވެ.

17 ފެބުރުވަރީ 2022
ހޯދާ