މަޤާމް:
|
އިންޓަރން
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ކޮމިއުނިޓީ އެންޕަވަރމަންޓް ޑިޕާރޓްމެންޓް، ހ. ބޯޅަގެ
|
ޑިޕާޓްމަންޓް / ސެކްޝަން:
|
ކޮމިއުނިޓީ އެންޕަވަރމަންޓް ޑިޕާރޓްމެންޓް
|
މަސައްކަތު ގަޑި:
|
ހެނދުނު 08:00 ން މެންދުރުފަހު 14:00 އަށް
|
ޕޮކެޓްމަނީ:
|
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 165 ރުފިޔާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ދުވަހުން ދުވަހަށް ޑިޕާރޓްމެންޓްގެ ލިބޭތަކެތި އެންޓްރީކޮށް ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ރޫޓް ކުރަންޖެހޭ ފަރާތްތަކަށް ރޫޓް ކުރުމާއި ، ޖަވާބު ދޭންޖެހޭ ސިޓީތަކަށް ޖަވާބު ދިނުމާއި ފައިލް ކުރަންޖެހޭ ލިޔެކިއުންތައް ފަސޭހައިން ފެންނާނެހެން ފައިލްކޮށް ބެލެހެއްޓުން.
- ޖަމްޢިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ތަމްރީން ޕްރޮގްރާމްތައް ހިންގުން.
- މުޖުތަމަޢު ބާރުވެރި ކުރުވުމަށް މަދަނީ ޖަމްޢިއްޔާ ތަކާއި ގުޅިގެން ޕްރޮގްރާމްތައް ރާވާ ހިންގުން
- ޑިޕާރޓްމަންޓުން ހިންގޭ ޕްރޮގްރާމްތަކުގެ ޚަބަރު އަދި މަޢުލޫމާތާއި ފޮޓޯ މީޑިއަރ އަށް ފޮނުވުން.
- ޑިޕާރޓްމެންޓުން ބާއްވާ އިވެންޓްތަކުގެ މަސައްކަތްކޮށް އިވެންޓްތަކުގައި އަމަލީގޮތުން ބައިވެރިވުން.
- ޖަމްޢިއްޔާ ތަކަށް އަމާޒުކޮށް ދިނުމަށް ހަމަޖެހިފައިވާ "އެން.ޖީ.އޯ އެވޯޑް" މަސައްކަތް ސްޕަވައިޒަރުގެ ލަފާގެމަތިން ކުރިއަށް ގެންދިއުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަސައްކަތުގެ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ (www.youth.gov.mv) ވެބްސައިޓުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
http://www.csc.gov.mv/download/2486
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) / ސްކޫލް ލީވިންގ ސެޓފިކެޓް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން. (އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ވަކިވަކިން ބަޔާންކޮށް)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު
- ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ހުނަރު
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ޝޯޓް ލިސްޓްކުރުން
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 މާރިޗު 2022 ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން އީމެއިލް hr.recruitment@youth.gov.mv މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347474 ނުވަތަ 3347465 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr.recruitment@youth.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއ ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ http://www.csc.gov.mv/dv/recruitment-usoolu) ) އިން ލިބެންހުންނާނެއެވެ.
|