ދިވެހިރާއްޖެ
ކުރިޔަށް އޮތް ދެ އަހަރަށް ގދ. މަޑަވެލީ ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމްފަހައިދޭނެ ފަރާތެއް ހޯދުން
ވިޔަފާރި އުސޫލުން މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ސްކޫލުން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ GS207/IUL/2021/14 (15 އޮގަސްޓް 2021) އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާފައިވާ ފަރާތްތަކުން ބިޑް ހުށަހަޅާފައިވަނީ ދެވިފައިވާ މަޢުލޫމާތާއި ޚިލާފަށް ކަމުގައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫން ނަމްބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫން (ޤާނޫން ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، ބީލަން ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބީލަންތަކާއި އަދި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބިޑް ޑޮކިއުމެންޓް ތައްޔާރުނުކުރައްވާ ހުށަހަޅާފައި ހުންނަ ފަރާތްތަކުގެ ބީލަންތައް ބާޠިލް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ނަންނޯޓުކުރެއްވުމަށް ރަސްމީ ގަޑީގައި 7983090 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މިސްކޫލުގެ އީ-މެއިލް އެޑްރެސް އަށް admin@madavelischool.edu.mvމެއިލް ކުރެއްވުން އެދެމެވެ.
ތާރީޚް |
ގަޑި |
ތަފުޞީލް |
06 މާރިޗް 2022 |
10:00 ގެ ކުރިން |
ނަން ނޯޓް ކުރުން(ޝައުގުވެރިވާ ފަރާތްތައް) |
07 މާރިޗް 2022 |
10:00 ގައި |
މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުން |
14 މާރިޗް 2022 |
10:00 ގައި |
ބިޑު ހުށެހެޅުން/ ބިޑު ހުޅުވުން |
މިހެންވެ މިކަން ޢާންމުކޮށް އަންގާޢިޢުލާން ކުރީމެވެ.