އިޢުލާން
|
މަޤާމް:
|
ސީނިއަރ ޕަބްލިކް ރިލޭޝަންސް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-306644
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް.3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ޑިޕާޓްމަންޓް / ސެކްޝަން:
|
ކޯޕަރޭޓް ޑިޕާޓްމަންޓް / ޕަބްލިކް ރިލޭޝަންސް ސެކްޝަން
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)
|
މުސާރަ:
|
މަހަކު -/7،035 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/2,000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
- ސަޕޯޓިންގ ކޯ އެލަވަންސް: -/900 ރުފިޔާ (މަހަކު) ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (މަހަކު)
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދާއިރާއިން ކުރާ މުހިންމު ކަންތައްތަކާއި ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމުތަކުގެ ޚަބަރާއި މައުލޫމާތު ފެތުރުމާއި މި ދާއިރާގެ ކަންތައްތަކާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ޔުނިޓް ތެރެއިން ހިންގުން.
- ޚަބަރުފަތުރާ ވަޞީލަތްތަކުން މިދާއިރާގެ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގައި ބައިވެރިވާ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުވުން.
- މިނިސްޓްރީއާއި ދާއިރާއިން ބާއްވާ މީޑިއާ އިވެންޓުތަކުގެ މަޢުލޫމާތު ލިޔެ ތައްޔާރުކޮށް، އަދި ފޮޓޯ/ވީޑިއޯ ނެގުމާއެކު ލަސްނުކޮށް، ޚަބަރުފަތުރާ ވަޞީލަތްތަކަށް ފޮނުވުމާ މިނިސްޓްރީގެ ވެބްސައިޓު އަދި މިނިސްޓްރީން ބޭނުންކުރާ ސޯޝަލް މީޑިއާ ސައިޓުތަކުގައި ޝާއިޢުކުރުމުގެ މަސައްކަތް ކުރުން.
- މިނިސްޓްރީއާއި ދާއިރާއާ ބެހޭގޮތުން ޚަބަރު ފަތުރާ ފަރާތްތަކުން ފަތުރާ މައުލޫމާތާއި ޚަބަރު މޮނިޓަރކޮށް އޭގެ ރެކޯޑުތައް ބެލެހެއްޓުމާއި އެފަދަ ޚަބަރުތަކާއި ގުޅިގެން މިނިސްޓްރީއާއި ދާއިރާއިން ޖަވާބުދީ ކަމެއް އޮޅުންފިލުވައިދޭން ޖެހިއްޖެ ޙާލަތެއްގައި އެކަމަކަށް މަގުފަހިކޮށްދީ ޕަރމަނަންޓް ސެކްރެޓަރީގެ ލަފާގެ މަތިން މަޢުލޫމާތު ދޭނެގޮތެއް ކަނޑައަޅައި ހަމަޖެއްސުން.
- މިނިސްޓްރީން ރާވައި ހިންގާ އިވެންޓުތަކުގެ މަޢުލޫމާތު އިސްވެ ހޯދުމަށް މަސައްކަތް ކުރުމާއި، އެފަދަ އިވެންޓުތަކަށް ބޭނުންވާ މީޑިއާ ކަވަރޭޖްގެ ކަންކަން ރާވައި އިންތިޒާމު ކުރުން. އަދި އެފަދަ ކަންކަން ދުރާލާ ވެބްސައިޓު އަދި މިނިސްޓްރީން ބޭނުންކުރާ ސޯޝަލް މީޑިއާ ސައިޓުތަކުގައި ހިމެނުން.
- ޢާންމުންނަށް އެނގެންޖެހޭ މަޢުލޫމާތު ހާމަކުރުން، މިގޮތުން މިނިސްޓްރީގެ ވެބްސައިޓްގައި މިފަދަ ހުރިހާ މަޢުލޫމާތެއް އަޕްޑޭޓުކޮށް ހުރިކަން ޔަޤީންކުރުން.
- މީޑިއާގެ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
- މިނިސްޓްރީން ތައްޔާރުކުރަން ބޭނުންވާ ޕްރެޒެންޓޭޝަން، މީޑިއާކިޓް، ލުއިފޮތް، މަޢުލޫމާތު ކަރުދާސް، ލީފްލެޓް ފަދަ ތަކެތި ލޭއައުޓް ހަދައި ފަރުމާކޮށް ތައްޔާރު ކުރުން.
- މީޑިއާއިން ހުށަހަޅާ ސުވާލުތަކާއި އެޕޮއިންޓްމަންޓްތަކަށް އެޓެންޑު ކުރުން.
- މީޑިއާތަކުން މިނިސްޓްރީއާ ގުޅޭ ގޮތުން ގެނެސްދޭ ޚަބަރުތައް ދިރާސާކޮށް ކަމާގުޅޭ މައުލޫމާތު ވެރިންނާ ހިއްސާކުރުން.
- ކޮންމެ އަހަރަކު ވެސް އެއަހަރެއްގެ ޑިސެމްބަރ 15 ގެ ކުރިން އަހަރު ތެރޭގައި ކުރެވުނު މަސައްކަތާއި ބެހޭ ރިޕޯޓް ތައްޔާރުކުރުން.
- މީޑިއާ އިވެންޓްތައް އަދި މިނިސްޓްރީގެ ފަރާތުން ބާއްވާ އިވެންޓް ތަކަށް ދައުވަތު ކާޑު ، ބެނާރ ފަދަ ތަކެތި ޑިޒައިން ކުރުން.
- މީޑިއާ ކޮމިއުނިކޭޝަން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މިނިސްޓްރީގެ މަސައްކަތްތަކާއި އެނޫންވެސް ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ މީޑިއާތައް އަދި އެނޫންވެސް ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުވައިދިނުން.
- ޔުނިޓުގެ ބަޖެޓް ތައްޔާރު ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ޖާނަލިޒަމް
- މާކެޓިންގ
- މީޑިއާ
- ޕަބްލިކް ރިލޭޝަންސް
މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:
- މާކެޓިންގ
- ޖާނަލިޒަމް
- މީޑިއާ
- ޕަބްލިކް ރިލޭޝަންސް
މަޤާމުގެ ކޯ ޑިސިޕްލިންތައް:
- މާކެޓިންގ
- ޖާނަލިޒަމް
- މީޑިއާ
- ޕަބްލިކް ރިލޭޝަންސް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގް ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދުކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ބ) އުވާލައިފައިވާ ދައުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ދެވޭ ޕޮއިންޓް
|
5
|
އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)
|
15
|
ޕްރެޒެންޓޭޝަން
|
10
|
އިންޓަރވިއު
|
30
|
- މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
- މިކްރައިޓީރިއާގައި ހިމެނޭ މަޤާމްތަކަށް އެސެސްމަންޓް އަދި ޕްރެޒެންޓޭޝަން ދެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް recruitment.hr@planning.gov.mv މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 09 މާރިޗް 2022 އާއި 28 މާރިޗް 2022 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004775 ނަންބަރު ފޯނަށް ނުވަތަ 4004707 ނަންބަރު ފޯނަށެވެ. އީ-މެއިލް recruitment.hr@planning.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|