މަޤާމް:
|
އިންޓަރން
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
|
ޑިޕާޓްމަންޓް / ސެކްޝަން:
|
ޕްލޭނިންގ، ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް މޮނިޓަރިންގ ސެކްޝަން.
|
މަސައްކަތު ގަޑި:
|
ހެނދުނު 08:00 ން މެންދުރުފަހު 14:00 އަށް
|
ޕޮކެޓްމަނީ:
|
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 165 ރުފިޔާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މިނިސްޓްރީގެ ހުރިހާ ދާއިރާތަކާއި ގުޅުންހުރި އެންމެހާ މަޢުލޫމާތުތައް ހޯދައި އެ މަޢުލޫމާތުތައް ބެލެހެއްޓޭނޭ ނިޒާމެއް ޤާއިމްކޮށް އެ މަޢުލޫމާތުތައް އެކުލަވާލުން.
- މިނިސްޓްރީގެ ހުރިހާ ދާއިރާތަކާއި ބެހޭ އެންމެހާ ތަފާސްހިސާބު މަޢުލޫމާތުތައް ހޯދާ ފަސޭހައިން މަޢުލޫމާތުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް އެމަޢުލޫމާތުތައް އެކުލަވާލާ އާއްމުކުރުމަށްޓަކައި ވެބްސައިޓަށް އެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުން.
- މިނިސްޓްރީގެ ހުރިހާ ދާއިރާތަކުގެ ސްޓްރެޓެޖިކް ޕްލޭން އާއި އެކްޝަން ޕްލޭންއިން ހާޞިލްކުރެވިފައިވާ މިންވަރު އަޕްޑޭޓް ކުރުން.
- މިނިސްޓްރީގެ ހުރިހާ ދާއިރާތަކުގެ ސްޓްރެޓެޖިކް ޕްލޭން އަދި އެކްޝަން ޕްލޭންގެ ތެރެއިން ކޮންމެ މަހަކު ހާޞިލްވާ މިންވަރު އަންގައިދޭ، މަސްދުވަހުގެ ރިޕޯޓް އެކުލަވާލުމާއި އަހަރު ނިމުމުން ޙާޞިލްކުރެވުނު މިންވަރު އެކުލަވާލުމުގެ މަސައްކަތް ކުރުން.
- ޑިޕާޓްމަންޓަށް އަންނަ ސިޓީ، މެމޯ، ނޯޓް ފަދަތަކެތި ބަލައިގަތުމާއި އެންޓްރީކުރުމާއި ސްކޭން ކުރުމަށްފަހު ސްޕަވައިޒަރ/ ވެރިޔާގެ އަރިހަށް ގެންދިއުމާއި އަދި ވެރިން ދެއްވަވާ ޖަވާބުތައް ލިޔެ ފުރިހަމަކުރުމަށްފަހު އެޖަވާބުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ޖެމްސް، އީމެއލް ގެ ޒަރީއްޔާއިން ފޮނުވުމަށް ފަހު އެފަދަ ލިޔުން ފައިލް ކުރުން.
- ޑިޕާޓްމަންޓްގެ އިދާރީ ހުރިހާ ކަމެއް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބަލަހައްޓާ އަދި ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން.
- އެކި ޑިޕާޓްމަންޓްތަކުން ބާއްވާ އިވެންޓްތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
- ޑެއިލީ ލޮގް ކޮންމެ ދުވަހަކު ފުރިހަމަކޮށް ސޭވްކުރަންޖެހޭ ފޯލްޑަރ ގައި ސޭވްކުރުމާއި ވީކްލީ ލޮގު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަސައްކަތުގެ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ (www.youth.gov.mv) ވެބްސައިޓުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
http://www.csc.gov.mv/download/2486
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) / ސްކޫލް ލީވިންގ ސެޓފިކެޓް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން. (އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ވަކިވަކިން ބަޔާންކޮށް)
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު
- ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ހުނަރު
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 މާރިޗު 2022 ވާ ބުދަ ދުވަހު 13:00 ގެ ކުރިން އީމެއިލް hr.recruitment@youth.gov.mv މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓް ލިސްޓްކުރުން
|
ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347474 ނުވަތަ 3347465 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ hr.recruitment@youth.gov.mv އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއ ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ http://www.csc.gov.mv/dv/recruitment-usoolu) ) އިން ލިބެންހުންނާނެއެވެ.
|